މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މާލޭގެ ހެންވޭރު، ހިރިޔާ ނަމަކަށް ކިޔާ ގެއެއްގެ ތިން ވަނަ ފަންގިފިލާގައިއެވެ.

Ad
rt

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން، އެތަނުގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ މިރޭ 4:23 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 3:57 ހާއިރު ކަމަށް ވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައިއެވެ.

''މައުލޫމާތު ލިބިފައި ވަނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށް'' މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވެފައިވެއެވެ.