ރައްޔިތުން ބޭނުންވަނީ ތަރައްގީ، ސިޔާސީގޮތުން ވަކި ބޭފުޅެއްގެ ވަށައިގެން އެނބުރޭކަށް ނޫން: އަބުދުއްރަޙީމް
ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި، ސިޔާސީގޮތުން ވަކި ބޭފުޅަކު ވަށައިގެން އެނބުރެން ރައްޔިތުން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެ ޕާޓީގެ ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި އަބުދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު ވެރ...