ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި "އެންމެން މޫދަށް" ހަރާކާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމު ކުރި މި ހަރަކާތުގެ ތެރެއިން މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންފައި ވަނީ އެމަނިކުފާނުގެ އުފަން ރަށް ލ. ފޮނަދޫ ބީޗް ސާފުކުރުމުގެ ހަރަކާތުގައެވެ.
"އެންމެން މޫދަށް" ހަރާކާތުގައި ހިމެނޭ، ފޮނަދޫ ބީޗް ސާފުކުރުމުގެ ހަރަކާތު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި "އެންމެން މޫދަށް" ހަރާކާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެން ލ. ފޮނަދޫ ބީޗް ސާފުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން. pic.twitter.com/zyVt3i85iA
— Ministry of Fisheries and Ocean Resources (@MFORmv) June 9, 2024
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން މިއަހަރު އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
މިގޮތުން އިއްޔެ މާލެ ދެކުނު ފަރާތު ފަޅުތެރެ ސާފުކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވާއިރު، ކުޑަކުދިންނަށް ޑައިވް ހަރަކާތަކާއި، މައުލޫމާތު ސެޝަނެއްގެ އިތުރުން މަސްރޭހާއި ސާފުކުރުމުގެ ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަނީ ހިންގާފައެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 8 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!