ކޮޕަ އެމެރިކާގެ އެންމެ ކާމިޔާބު ޓީމަކަށް އާޖެންޓީނާ
މިއަދު ހެނދުނު ކުޅުނު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކޮލަމްބިއާ ބަލިކޮށް، މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމްގެ ޝަރަފް އާޖެންޓީނާއިން ހޯދައިފިއެވެ. މި މުބާރާތާއި ކުރިމަތިލީއިރު ކޮޕަ އެމެރިކާ އެންމެ ގިނައިން ކާމިޔާބުކުރި ޓީމްގެ ލިސްޓްގެ އެއްވަނާގައި ދެ ޓީމް އޮތެވެ. އެއީ އާޖެންޓީނާއާއި އުރުގުއޭއެވެ. މި ކޮންމެ ޓީމަކުން ވަނީ 15 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. ނަމަވެސް މި އަހަރުގެ މުބާރާތް ކާމިޔާބުކޮށް 16 ތަށި ހަމަކޮށް އާޖެންޓީނާއިން މިވަނީ […]