ކޮޕާ އެމެރިކާ: ޗިލީ ބަލިކޮށް ބްރެޒިލް ސެމީއަށް

1032284_720

ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޗިލީއާއި ބްރެޒިލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުން ބްރެޒިލް ޖާގަ ހޯދައިފިއެވެ. މި މެޗުން ބްރެޒިލް މޮޅުވެފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

ހުކުރު ދުވަހުގެ ރޭ ފަތިހު ކުޅުނު މި މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ވަނީ ލިބިގެން ގޮސްފައެވެ. މިގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ފިރްމީނޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ވަނީ ލިބިގެން ގޮސްފައެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ޗިލީގެ ފޯވާޑް ވާގަސް ވަނީ ބްރެޒިލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. މި ހަމަލާ ބްރެޒިލްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ކާމިޔާބު ކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލޫކަސް ޕަކުއޭޓާއެވެ. މެޗުގެ 49 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ކުރި ނުރައްކާތެރި ފައިލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތްކާޑު ދައްކާފައެވެ. ބްރެޒިލް ދެވަނަ ހާފުގެ ބޮޑުބައި ފުރިހަމަ ކޮށްފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ބްރެޒިލުން ކުޅުންތެރިއަކު މަދުވުމާއި ގުޅިގެން ޗިލީން ވަނީ ކުޅުން ރަނގަޅުކޮށް ބްރެޒިލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން އެ ޓީމުން ވަނީ 64 ވަނަ މިނެޓިގައި ލަނޑެއް ވެސް ޖަހާފައެވެ.

ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ. މީގެ އިތުރުން މެޗުގެ 70 ވަނަ މިނެޓުގައި ޗިލީގެ ފޯވާޑް ބެން ބެރެރެޓަން ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވެފައި ވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި