Skip to main content
Topic Archive

#ކްރިމިނަލް ކޯޓު

195 Stories filed
ކުއްޖެއްގެ ޖިންސީ ގުނަވަނަށް ގަލަން ވައްދައި، ގޯނާކުރި މައްސަލަ ސާބިތެއް ނުވި
Raajje

ކުއްޖެއްގެ ޖިންސީ ގުނަވަނަށް ގަލަން ވައްދައި، ގޯނާކުރި މައްސަލަ ސާބިތެއް ނުވި

ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނަށް ގަލަން ފަދަ ތަކެތި ވައްދައި، ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހަކު ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެވެ. ދިވެހި ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާގެ ދިރިއުޅޭ ގޭގައި އުޅުނު ކުޑަކުއްޖަކަށް ޑިސެމްބަރު، 2020 އިން ފެށިގެން ފެބްރުއަރީ 2021 ގެ ނިޔަލަށް ޖިންސީ ގޯނާ އެކި ގޮތްގޮތުން ކުރި ކަމަށް ބުނެ އެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުން އެ ކުއްޖާގެ ޖިންސީ ގުނަވަނަށް ގަލަން ފަދަ ތަކެތި އެ މީހާ ވެއްދި […]

ފުއްގިރި މައްސަލާގައި ޕެންޑޯރާއިން ލީކުކުރި ލިޔުންތައް ހެކީގެ ގޮތުގައި ކޯޓަށް
Raajje

ފުއްގިރި މައްސަލާގައި ޕެންޑޯރާއިން ލީކުކުރި ލިޔުންތައް ހެކީގެ ގޮތުގައި ކޯޓަށް

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ދައުވާގައި، މިދިޔަ އަހަރު ލީކުވި ޕެންޑޯރާސް ޕޭޕާސްއިން ހާމަވި މައުލޫމާތުތަކެއް ދައުލަތުން ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ހަފުތާގައި އިއްވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 […]

އާގިލްގެ މަރުގެ މައްސަލައިގައި މިއަދަށް ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލް
Raajje

އާގިލްގެ މަރުގެ މައްސަލައިގައި މިއަދަށް ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލް

ގދ. ފަރެސްމާތޮޑާ، ކޮކާ، އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގައި މިއަދަށް ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. މިއަދުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 9 ޖަހާއިރަށެވެ. އެހެންނަމަވެސް އަޑުއެހުން ކެންސަލްކުރީ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް އިންޑިއާއަށް ވަޑައިގެންފައިވާތީ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 2018 ވަނަ އަހަރުގެ އޯގަސްޓް 31 ވަނަ ދުވަހުގެ ރޭ އޭނާ މަރާލާފައި ވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށް […]

ބަންގްލަދޭޝްގެ މީހެއްގެ އަތުން ފޭރުނު ކަމަށް ތުހުމަތުވާ ފުލުސް މީހާގެ މައްޗަށް ކުށް ސާބިތެއް ނުވި
Raajje

ބަންގްލަދޭޝްގެ މީހެއްގެ އަތުން ފޭރުނު ކަމަށް ތުހުމަތުވާ ފުލުސް މީހާގެ މައްޗަށް ކުށް ސާބިތެއް ނުވި

ބަންގްލަދޭޝްގެ މީހެއްގެ އަތުން 10،000 ރުފިޔާ ފޭރެން އުޅުނު ކަމަށް ތުހުމަތުވާ، ފުލުސް މީހާގެ މައްޗަށް ކުށް ސާބިތެއް ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. ފުލުސް މީހާގެ މައްޗަށް ކޮށްފައިވަނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ، އެމްޑީ ފޭޒުލް އިސްލާމް މަމުން އަތުން 10،000 ރުފިޔާ ފޭރުން އުޅުނު ކަމުގެ ތުހުމަތެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ އެމްޑީ ފޭޒުލް އިސްލާމް […]

ހައިކޯޓާއި ކްރިމިނަލް ކޯޓު، އަންނަ މަހު ރިސެސް އަށް ދަނީ
Raajje

ހައިކޯޓާއި ކްރިމިނަލް ކޯޓު، އަންނަ މަހު ރިސެސް އަށް ދަނީ

ހައި ކޯޓާއި ކްރިމިނަލް ކޯޓު، އަންނަ ޑިސެމްބަރ މަހު ރިސެސް އަށް ދާން ނިންމައިފި އެވެ. ހައިކޯޓުން ވިދާޅުވެފައިވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރިސެސްއަށް ދިއުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލަތަކާއި ހުކުމްކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އަދި އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބަައްލ...

ނަދީމް މަރާލި މައްސަލާގައި ދައުވާލިބޭ އެންމެން މިނިވަންވެއްޖެ
Raajje

ނަދީމް މަރާލި މައްސަލާގައި ދައުވާލިބޭ އެންމެން މިނިވަންވެއްޖެ

މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އިސް މީހާއާ އެކު، އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ މިއަދު ސަލާމަތްވެއްޖެ އެވެ. 2017 ވަނަ އަހަރު ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް އާއި ހުސައިން މަފާޒް ސަލީމާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި އާއި ރ. އިންނަމާދޫ ސަމަންތާ، ހުސެއިން ޝާމީން، އާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ […]

ޖަލަށް ފޯނު ވައްދަން އުޅުނު ފުލުހަކު ފަސް މަހަށް ޖަލަށް
Raajje

ޖަލަށް ފޯނު ވައްދަން އުޅުނު ފުލުހަކު ފަސް މަހަށް ޖަލަށް

ދޫނިދޫ ޖަލަށް ވަގަށް ފޯނު ވައްދަން އުޅުނު ފުލުހަކު ފަސް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މިއީ މިފަދަ މައްސަލައެއްގައި ފުލުހެއްގެ މައްޗަށް ޖަލު ހުކުމެއް އައި ފުރަތަމަ ފަހަރެވެ. މި މައްސަލާގައި ޖަލަށްލީ ޕޮލިސް ކޮންސްޓަބަލް ލ. ދަނބިދޫ ނާއިސް، އަނަސް އަލީގެ މައްޗަށެވެ. އަނަސްގެ މައްޗަށް އެ ހުކުމް އައީ 2020 ވަނަ އަހަރު ދޫނިދޫގައި އޭނާ އުޅެނިކޮށް، ޖަލަށް ފޯނު ވައްދަން އުޅޭކަމަށް މައުލޫމާތު ލިބިގެން އޭނާގެ ހަށިގަނޑު ފާސް […]

ބިރު ދައްކައި އަދި މީހެއްގެ ގުޑުގުޑާ ހަލާލުކޮށްލުމުން 19،000 ގެ ޖޫރިމަނާއެއް
Raajje

ބިރު ދައްކައި އަދި މީހެއްގެ ގުޑުގުޑާ ހަލާލުކޮށްލުމުން 19،000 ގެ ޖޫރިމަނާއެއް

ގެއަކަށް ވަދެ މީހަކަށް ބިރު ދެއްކުމަށްފަހު މީހެއްގެ ދުން ބޯ ގުޑުގުޑާ ހަލާކުކޮށްލި މީހަކު 19،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ލ. ގަމު ހުދުވިލާގޭ ހުސައިން ރިޔާޒްގެ މައްޗަށް އެ ހުކުމް އައީ 2019 ވަނަ އަހަރު މާލޭގެ ގެއަކަށް ވަޅިއެއް ހިފައިގެން ވަދެ، މީހަކަށް މަރުގެ އިންޒާރު ދިނުމަށްފަހު އަދި އެވަގުތު އެތަނުގައި ގުޑުގުޑާ ބޯން އިން މީހެއްގެ ގުޑުގުޑާ ހަލާކުކޮށްލުމުންނެވެ. އެ ދެ ކުށަށް ވެސް އޭނާ އެއްބަސްވި އެވެ. […]

ކުރީގެ ދެ މެމްބަރުންގެ ހެކިބަސް ޔާމީނާ އެއްކޮޅަށް: "ބުނީ ޔާމީނު ޑޮލަރު ގަތީ ކަމަށް"
Raajje

ކުރީގެ ދެ މެމްބަރުންގެ ހެކިބަސް ޔާމީނާ އެއްކޮޅަށް: "ބުނީ ޔާމީނު ޑޮލަރު ގަތީ ކަމަށް"

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގައި އެމަނިކުފާނާ އެއްކޮޅަށް ޕީޕީއެމްގެ ކުރީގެ މަޖިލިސް ދެ މެމްބަރަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ހޯދި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާގައި އެމަނިކުފާނުގެ ދިފާއުގައި މިއަދު ހެކިބަސް ދިނީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ހުޅުދޫ ދާއިރާގެ ކުރީގެ […]

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ތިން މީހަކު ހައްޔަރުކޮށްފި
Raajje

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ތިން މީހަކު ހައްޔަރުކޮށްފި

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ. އެއީ، 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެކެވެ. ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އެ މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައިކަމަށް ފުލުހުން […]

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި
Raajje

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން މިމަހުގެ ހަވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ މީހަކާއި، 47 އަހަރުގެ މީހެއްގެ އިތުރުން 49 އަހަރުގެ މީހެކެވެ. މި މީހުންގެ ތެރެއިން 47 އަހަރުގެ މީހާއާއި 49 އަހަރުގެ މީހާގެ ބަންދަށް 14 ދުވަސް އަދި 45 އަހަރުގެ […]

ނާޒިމް ސައްތާރު ބަންދުން ދޫކޮށްލައިފި
Raajje

ނާޒިމް ސައްތާރު ބަންދުން ދޫކޮށްލައިފި

ލިވާތުކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައި ހުރި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ދޫކޮށްލައިފިއެވެ. ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރު އާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކޮށްފައިވާ ނާޒިމްގެ ބަންދުގެ މުއްދަތާމެދު ގޮތް ނިންމުމަށް ޖުލައި 29 ވަނަ ދުވަހު އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އޭނާ ހަތް ދުވަހު ބަންދުގައި ބަހައްޓަން މުއްދަތު ޖަހާފައެވެ. އެ މުއްދަތު ހަމަވާތީ އޯގަސްޓް 5 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް...

އިސްލާމްދީނަށް ފުރައްސާރަކުރި ރުސްތުމްގެ މައްސަލަ ތިން ދުވަސް ތެރޭގައި ނިންމަނީ
Raajje

އިސްލާމްދީނަށް ފުރައްސާރަކުރި ރުސްތުމްގެ މައްސަލަ ތިން ދުވަސް ތެރޭގައި ނިންމަނީ

އިސްލާމްދީނާއި މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލާގެ ދައުވާލިބޭ ރުސްތުމް މުޖްތަބާގެ މައްޗަށް ތިން ދުވަސް ތެރޭގައި އަދަބު ކަނޑައަޅައި، ހުކުމް އިއްވަން ހަމަޖައްސައިފި އެވެ. ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލާގައި 2020 ވަނަ އަހަރު ރުސްތުމް ހައްޔަރުކޮށް، އޭނާގެ މައްޗަށް ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެއް ކުރެ އެވެ. އެ ދައުވާތަކަށް އޭނާ ކުރިން ވެސް ވަނީ އެއްބަސްވެފަ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި […]

ޕެސްޓާ ދެކޮޅަށް ހުށަހެޅި މުހިންމު ހެއްކެއް ބަލައިނުގަތުމަށް ނިންމައިފި
Raajje

ޕެސްޓާ ދެކޮޅަށް ހުށަހެޅި މުހިންމު ހެއްކެއް ބަލައިނުގަތުމަށް ނިންމައިފި

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިފްހާމް މުހައްމަދު (ޕެސްޓް) އާ ދެކޮޅަށް ހުށަހެޅި ހެއްކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. މަސްތުވާތަކެތި ވިޔަފާރިކުރުމާއި ޑްރަގް ވިޔަފާރިން ލިބުނު ފައިސާ ގެންގުޅުނު ކަމަށް ބުނެ ޕެސްޓާއި އިތުރު ބަޔަކު ބަންދުކޮށް، އެ މީހުންގެ މައްޗަށް ކުރާ ދައުވާގައި ޕެސްޓާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމީ ޕެސްޓްގެ ބޭންކް ސްޓޭޓްމަންޓްތަކެކެވެ. ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައިވ...

ޝައިހް ނިޝާން ބަންދުން ދޫކޮށްލައިފި
Raajje

ޝައިހް ނިޝާން ބަންދުން ދޫކޮށްލައިފި

ޔޯގާ ހަމަނުޖެހުމާގުޅިގެން ފުލުހުންގެ ބަންދުގައި ހުންނެވި ޝައިހް އާދަމް ނިޝާން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން މިއަދު ޝައިހް އާދަމް ނިޝާން ދޫކޮށްލީ ޝަރުތުތަކަކާއެކު އެވެ. ޝައިޚް ނިޝާން ދޫކޮށްލީ ތިން ޝަރުތެއް ކުރުމަށް ފަހު އެވެ. އެއީ ފޯނު ނަންބަރާއި އެޑްރެސް ކޯޓަށް އެންގުމަށާއި ފުރައިގެން ދާން ޖެހިއްޖެނަމަ ލިޔުމުން އެކަން އެންގުން އަދި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށެވެ. މީގެ ކުރިން ސައިޚް ނިޝާންގެ ބަންދުގެ މައްސަލަ […]