ޑިޖިޓަލައިޒޭޝަންގެ ތެރެއިން ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރެވޭނެ: ރައީސް
ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވަރަށް ބޮޑަށް ދެފުށް ފެންނާނެ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށް ރަސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިރޭ ބާސެލޯ ނަސަންދުރައިގައި ބޭއްވި “ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް” ގެ އިފްތިތާޙީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭ ކަމަށެވެ. އަދި މިކަން ހާސިލްކުރުމަށް ޤައުމުގެ ހިންގުމުގެ ނިޒާމ...