Skip to main content
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ އިންސާނީ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުގެ އަމާޒު
Raajje

ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ އިންސާނީ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުގެ އަމާޒު

ސަރުކާރުގެ މުޅި މިސްރާބު އަމާޒު ކޮށްފައި ހުރީ، ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ އިންސާނީ ވަސީލަތްތައް ޤާއިމުކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިދިޔަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިޔުން ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅުދައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކި މަރ...

ޙަޤީޤީ ތަރައްޤީއަކީ އެމީހެއްގެ ރަށް، މިހާރަށް ވުރެ ތަހުޒީބީ ޙާލަތަކަށް ބަދަލުކުން: ރައީސް
News

ޙަޤީޤީ ތަރައްޤީއަކީ އެމީހެއްގެ ރަށް، މިހާރަށް ވުރެ ތަހުޒީބީ ޙާލަތަކަށް ބަދަލުކުން: ރައީސް

ޙަޤީޤީ ތަރައްޤީއަކީ އެމީހެއްގެ ރަށް، އެމީހެއްގެ މުޖްތަމަޢު، މިހާރު އޮތް ޙާލަތުން، އެއަށްވުރެ ތަހުޒީބީ ޙާލަތަކަށް ބަދަލުކުރާނެ ގޮތުގެ ވިސްނުންކަން ފާހަގަކުރައްވައި ކޮންމެ ފަރުދަކީ، އެވިސްނުން އުފެއްދުމުގެ ޢިލްމީ އަދި ފަންނީ ޤާބިލްކަން ހުރި މީހަކަށް ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަލިފުށީ ސްކޫލަށް 50 އަހަރުފުރުނު ރަން ޔޫބިލް މުނާސަބާ ފާހަގަކުރުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކ...

ރައީސް ރ. އަލިފުށްޓަށް ވަޑައިގެންފި
News

ރައީސް ރ. އަލިފުށްޓަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށް މިއަދު ވަޑައިގެންފިއެވެ. ރ. އަތޮޅުގެ ދެރަށަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިދަތުރުފުޅުގައި އެއަތޮޅު އަލިފުށްޓަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަލިފުށީ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން އެމަނިކުފާނުގެ މިޒިޔާރަތުގައި ރ. އަތޮޅު...

ތަޢުލީމީ ސިޔާސަތުގެ ތަފާތަކީ، ޢިލްމީ ގޮތުން ސިކުނޑިތައް ހުޅުވައިދިނުން: ރައީސް
Raajje

ތަޢުލީމީ ސިޔާސަތުގެ ތަފާތަކީ، ޢިލްމީ ގޮތުން ސިކުނޑިތައް ހުޅުވައިދިނުން: ރައީސް

މިސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ ބޮޑު ތަފާތަކީ، ޢިލްމީ ގޮތުން ސިކުނޑިތައް ހުޅުވައިދިނުމާއެކު، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ކުދިން އަހުލުވެރި ކުރުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅިވީ ކުޑަފަރީ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަށާޖެހޭ ތަޢުލީމީ ނިޒާމެއްގެ ތެރެއިން، ބަރާބަރު ޖަޒީރާ ސްކޫލްތަކެއް ހިންގުމަށް މެނިފެސްޓޯގައި ކަނޑ...

News

ރައީސް ނ. ކުޑަފަރިއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީގެ ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު ކުޑަފަރިއަށް މިއަދު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ކުޑަފަރިއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ކުޑަފަރީއަށް ކުރައްވާ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ކައުންސިލާއި މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ނ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާ ބައްދަލ...

ރައީސުލްޖުމްހޫރިއްޔާ ނ. މިލަދުއަށް ވަޑައިގެންފި
Raajje

ރައީސުލްޖުމްހޫރިއްޔާ ނ. މިލަދުއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީގެ ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު މިލަދުއަށް މިއަދު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިލަދުއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިލަދޫ ހިޔާ ސްކޫލުގެ ރަންޔޫބީލް ހަނދާނީ ބިނާ ހުޅުއްވައިދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިލަދޫ ހިޔާ ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރުމ...

އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމަށް ރައީސް ގޮވާލައްވައިފި
Raajje

އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމަށް ރައީސް ގޮވާލައްވައިފި

އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމަށް ރައީސް ގޮވާލައްވައިފިއެވެ. ހިޖުރީ އާއަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ ހިޖުރައިގެ ހާދިސާއިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ، އަނިޔާއާއި ބޭއިންސާފު ނައްތައިލުމުގައި ސާބިތުވެ ތިބުމުގެ ބޭނުންތެރިކަމާއި، އިންސާނީ ކަރާމާތް ދަމަހައްޓައި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ވަކާލާތު ކުރުމުގެ މުހިންމުކަން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، އިންސާނުންގެ މެދުގައި ތަފާތުކުރުން ނައްތާލައި، ހަމަހަމަކަން ޤާއިމްކުރު...

ޓީޗަރު ހުސެއިން އަކީ ނޮޅިވަރަންފަރު ސްކޫލްގެ ބައްޕަ – ރައީސް
News

ޓީޗަރު ހުސެއިން އަކީ ނޮޅިވަރަންފަރު ސްކޫލްގެ ބައްޕަ – ރައީސް

ނޮޅިވަރަންފަރު އަހިމާގޭ ޙުސައިން ޢަބްދުﷲ ކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު މަދަރުސާގެ އިސްލާމް ޓީޗަރުގެ މަޤާމުގައި ހުންނެވިއަސް ޙަޤީޤަތުގައި އޭނާއަކީ އެ މަދަރުސާގެ ބައްޕަކަމުގައި ސިފަކުރައްވާފައެވެ. ނޮޅިވަރަންފަރުގައި ފުރަތަމަ ކިޔަވައިދޭން ފެށިއިރު މުޅި މަދަރުސާއަކީ ޙުސައިން ޢަބްދުﷲ ކަމަށާއި އޭނާއަކީ ރާއްޖޭގެ މުދައްރިސުންގެ ޢާއިލާގެވެސް ވަރަށް އަގުހުރި މެންބަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ. މިއަދު މެންދުރެއްހާއިރު ހދ. ހަނިމާދޫ ކައިރިން ލޯންޗެއް ބަން...

ލޯންޗު ބަންޑުންވި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސްގެ ތައުޒިޔާ!
Thiladhunmathi News

ލޯންޗު ބަންޑުންވި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސްގެ ތައުޒިޔާ!

ލޯންޗު ބަންޑުންވި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ތައުޒިޔާ ވިދާޅުވެއްޖެ އެވެ. ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާއާ ގުޅިގެން އެމީހުންގެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ. މިއަދު ހަނިމާދޫ ކައިރިން ލާންޗެއް ބަންޑުންޖަހާލައި 5 ބޭފުޅަކު ނިޔާވި ޚަބަރު އެހީ ފުންހިތާމައާއެކު. އަދި އެބޭފުޅުންގެ […]