މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން، މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މިއަދު ލޯންޗްކޮށްފިއެވެ.
މި އިނީޝިއޭޓިވް އިފްތިތާޙުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި މާލީ ދާއިރާއާއި ސަރުކާރުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެމްއޭއިން ބުނިގޮތުގައި މިއީ އިސްލާމިކް ސޯޝަލް ފައިނޭންސް ޤައުމީ ބޭންކިންގ އޮނިގަނޑަށް އެއްކޮށްލުމަށް އެޅުނު ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި މިިއީ ޤައުމުގެ ތަރައްޤީގެ އެޖެންޑާ ކުރިއަށް ގެންދިއުމަށް އެޅުނު ސްޓްރެޓެޖިކް ފިޔަވަޅެކެވެ.
ދިވެހިރާއްޖޭގެ އަމިއްލަވަންތަކަން ބިނާވެފައިވަނީ ރަޙުމަތްތެރިކަމާއި، ޢަދުލުވެރިކަމާއި އިޖްތިމާޢީ ހަމަހަމަކަމުގެ ދެމިގެންވާ އަގުތަކުގެ މައްޗަށްކަމަށްވުމާއެކު މިއީ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އަސާސްތައް ކަމަށާއި މި އިނީޝިއޭޓިވްއިން މި އަސާސްތައް ދެމެހެއްޓުމަށް މަސައްކަތްކުރާނެ ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ މި އިނީޝިއޭޓިވް ހަމައެކަނި ޕްރޮގްރާމެއްގެ ގޮތުގައި ނުދެކި، މުޅި މުޖުތަމަޢުގެ ގުޅިގެން މަސައްކަތްކުރުމަށް ގޮވައިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!