ރައީސް ވިދާޅުވެދެއްވީ އަތޮޅު ކައުންސިލްތައް ބާއްވަން ފެނިވަޑައިނުގަންނަވާ ސަބަބުތައް
ރާއްޖޭގައި އޮންނާނީ ރައްޔިތުން ހޮވާ މީހުން ތިބެގެން ހިންގާ ނިޒާމުކަމަށާއި، އަތޮޅު ކައުންސިލް ކިޔާފައި ކައުންސިލެއް ބާއްވަން ފެނިވަޑައިނުގަންނަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ރައީސް މުޢިއްޒު ވިދާޅުވީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނައިރު އަތޮޅު ކައުންސިލްތައް އުވާލުމަށް ހުށަހަޅުއްވާނެ ކަމަށެވެ. “ކުރީގައި އޮތް ނިޒާމު ދެން ރާއްޖ...