ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހާއި ގުޅިގެން މީސްމީޑިއާ އާންމުކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް އެމަނިކުފާނު އެދިވަޑައިގަންނަވަނީ ފަހިކަމާއި ފާގަތިކަންކަމަށް ވިދާޅުވިއެވެ،
ރައީސް ވިދާޅުވެފައިވާ ގޮތުގައި އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށެވެ.
''ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ ކުރިއެރުން ހަލުވިވެ، ކުރިމަގު އުޖާލާ ވާނެ.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސްގެ މެސެޖުގައި ވަނީ ދިވެހި ކޮންމެ ޢާއިލާއަކަށް ފާގަތި ދުވަސްތަކެއް ހޯދައި ދިނުމުގައި މާތް ﷲ ނަޞްރާއި ކާމިޔާބީ މިންވަރު ކުރެއްވުން އެދި ދުއާކުރަށްވާފައެވެ.
ޢާއިލާތަކުގެ ބައިނަލްއަޤްވާމީ ދުވަހު، ދިވެހި ކޮންމެ ޢާއިލާއަކަށް އަޅުގަނޑު އެދެނީ ފަހިކަމާއި ފާގަތިކަމަށް.
އިސްލާމްދީން އެންމެ ބޮޑު އިސްކަމެއް ދެނީ ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް. ދިވެހި ޢާއިލާތައް ބަދަހިވެ، ފުދުންތެރިވެ، ދިރިއުޅުމުގެ ފަސޭހަތައް އިތުރުވީ ވަރަކަށް ޤައުމުގެ… pic.twitter.com/AIzegXsYcM
— Dr Mohamed Muizzu (@MMuizzu) May 15, 2025
1993 ވަނަ އަހަރު، އެކުވެރި ދައުލަތްތައް (އދ)ގެ ޖެނެރަލް އެސެމްބްލީން ވަނީ ކޮންމެ އަހަރެއްގެ 15 މެއި އަކީ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަސް ގޮތުގައި ފާހަގަކުރުމަށް ނިންމާފައެވެ. މި ދުވަހަކީ ޢާއިލާތަކާ ގުޅޭ މައްސަލަތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި، ޢާއިލާތަކަށް އަސަރުކުރާ އިޖްތިމާޢީ، އިޤްތިޞާދީ އަދި ޑިމޮގްރަފިކް ކަންތައްތަކާ ބެހޭ މަޢުލޫމާތު އިތުރުކުރުމަށް ލިބޭ ފުރުޞަތެކެވެ.
މީގެ އިތުރުން 25 ސެޕްޓެމްބަރު 2015 ގައި، އދ. ގެ 193 މެމްބަރު ޤައުމުތަކުގެ އިއްތިފާގުން ވަނީ ޢާއިލީ ކުރިއެރުމަށްޓަކައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ގޮތުގައި 17 ކަމެއް ފާސްކޮށްފައެވެ. އެއީ ފަޤީރުކަމާއި، ތަފާތުކުރުމާއި، އަނިޔާވެރިކަމާއި، ހުއްޓުވޭނެ މަރުތައް ނައްތާލުމަށާއި، ތިމާވެށީގެ ހަލާކުވުން ހުއްޓުވުމަށާއި، އަދި ހުރިހާ މީހުންނަށް، ކޮންމެ ތަނެއްގައި ވިޔަސް، ތަރައްޤީގެ ޒަމާނެއް ގެނައުމަށް އަމާޒުކޮށްފައިވާ ލަނޑުދަނޑިތަކެކެވެ. މި ލަނޑުދަނޑިތަކުގެ ތެރެއިން ގިނަ ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ޢާއިލާތަކާއި ޢާއިލާއަށް އަމާޒުކޮށްފޮށްފައިވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ވެސް ވަނީ އެކަށަހަޅާފައެވެ.
2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހގެ ޝިޢާރަކީ ''ދެމެހެއްޓެނިވި ތަރައްޤީއަށް ޢާއިލާއަށް އަމާޒުކޮށްފައިވާ ސިޔާސަތުތައް: ދެވަނަ ދުނިޔޭގެ އިޖްތިމާޢީ ތަރައްޤީގެ ސަމިޓަށް'' އެވެ. މިގޮތުން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ދުނިޔޭގެ އިޖްތިމާޢީ ތަރައްޤީގެ ސަމިޓަށް ތައްޔާރުވަމުންދާއިރު، ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގައި އަލިއަޅުވާލާނީ ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމުގައި ޢާއިލާއަށް އަމާޒުމާޒުކޮށްފައިވާ ސިޔާސަތުތަކުގެ މުހިންމު ދައުރުގެ މައްޗަށެވެ. "ދެމެހެއްޓެނިވި ތަރައްޤީއަށް ޢާއިލާއަށް އަމާޒުކޮށްފައިވާ ސިޔާސަތުތައް: ދެވަނަ ދުނިޔޭގެ އިޖްތިމާޢީ ތަރައްޤީގެ ސަމިޓަށް" މި ޝިޢާރުގެ ދަށުން ބޭއްވޭ މި ހަރަކާތުގައި ފާހަގަކުރާނީ ޤައުމީ އަދި ސަރަޙައްދީ އިސްނެގުންތަކުން ލިބިފައިވާ މުހިންމު މަޢުލޫމާތުތަކެވެ. އަދި 2030 ގެ އެޖެންޑާ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ހާސިލުކުރުމުގައި ޢާއިލާތަކުގެ ދައުރު ފާހަގަކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!