މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދެއްވުމުގެ ގޮތުން، ކޮންމެ ޙައްޖުވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑަށް އިތުރު 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ މީސްމީޑިއާ އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މި ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ، މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ޙައްލެއް ހޯދައިދިނުމުގެ ގޮތުން މިފަދަ އެދުމެއް ބޭންކް އޮފް މޯލްޑިވްސްގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

މި އިތުރު ލިމިޓަކީ މިހާރު ޙައްޖުވެރިންގެ ކާޑުތަކުގައި ހުންނަ ޑޮލަރު ލިމިޓުގެ އިތުރުން ދެއްވާ ލިމިޓެކެވެ. މިކަމުގެ ސަބަބުން ޙައްޖުވެރިންނަށް ސަޢޫދީ ޢަރަބިއްޔާގައި ތިއްބަވާއިރު އިތުރު ފައިސާ ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފައިސާ ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ރައީސް މުޢިއްޒު އެ ޕޯސްޓުގައި ބޭންކް އޮފް މޯލްޑިވްސްއިން ދެއްވާ އެއްބާރުލުމަށް ބަނީ ޝުކުރު ދަންނަވާފަވެއެވެ.

މިއީ މިއަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވަމުންދާ ޙައްޖުވެރިންނަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެކެވެ.