ރައީސްގެ ދަތުރުފުޅާއެކު ރާއްޖެ-ޗައިނާ ގުޅުމުގެ އައު ބާބެއް ފެށިއްޖެ: ރައީސް ޝީ
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަންމާނަ ދަތުރުފުޅާއެކު ޗައިނާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަކަށް ޔަޤީންކުރައްވާކަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ. ރައީސް ޝީ މިހެން ވިދާޅުވީ، މިއަދު ރާއްޖެ-ޗައިނާ ދެ ޤައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީވާހަކަތަކުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ޗައިނާގެ ވެރިރަށް ބެއިޖިން ގެ ގްރޭޓް ހޯލް އޮފް ޕީޕަލް ކުރިއަށް ގެން...