މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
''މިތިބީ ރައްޔިތުންނަށްޓަކައި ހިތްވަރާ އެކީގައި މަސައްކަތްކުރާ ހިތުން ނުކުމެ''
Raajje

''މިތިބީ ރައްޔިތުންނަށްޓަކައި ހިތްވަރާ އެކީގައި މަސައްކަތްކުރާ ހިތުން ނުކުމެ''

މި ސަރުކާރުގައި ތިބީ 24 ގަޑިއިރު ހީވާގިކަމާއެކު މަސައްކަތްކުރާ ބޭފުޅުން ކަމަށާއި، އެ ބޭފުޅުން ތިއްބެވީ ރައްޔިތުންނަށްޓަކައި ހިތްވަރާ އެކީގައި މަސައްކަތްކުރާ ހިތުން ނުކުމެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އިފްތިތާޙްކޮށް ދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. މާލޭގެ ދަރުބާރުގޭގައި ބޭއްވި ޖަލްސ...

ފުނަދޫ-މާލެ-ހުޅުލެ ބްރިޖުން ގުޅާލައި ފުނަދޫ ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރަކަށް
Raajje

ފުނަދޫ-މާލެ-ހުޅުލެ ބްރިޖުން ގުޅާލައި ފުނަދޫ ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރަކަށް

ކ. ފުނަދޫ އާއި މާލެ އަދި ހުޅުލެ ބްރިޖުން ގުޅާލައި ފުނަދޫ ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރަން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ފައްޓަވައި ދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައެވެ. މިރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި މި ބޮޑު މަޝްރޫޢު އިފްތިތާޙްކޮށްދެއްވުމަށްފަހު ރަ...

25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ތަނަކަށް ވީއައިއޭ ހެދުމުގެ ބޮޑު މަޝްރޫޢު އިފުތިތާޙްކޮށްފި
Raajje

25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ތަނަކަށް ވީއައިއޭ ހެދުމުގެ ބޮޑު މަޝްރޫޢު އިފުތިތާޙްކޮށްފި

25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ތަނަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ހެދުމުގެ ބޮޑު މަޝްރޫޢު މިރޭ އިފުތިތާޙްކޮށްފިއެވެ. މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ިކަމަށް މިރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވުމަށްފަހު ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ އިފްތިތާޙް ކުރެވިގެން ދިޔައީ ދިވެހިންގެ އުންމީދު ކަމުގައި ވިދާޅުވެފައެވެ. ވީއައިއޭ ތަރައްޤީކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާ އެކުއެކީ...

ރައީސްގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގަންނަވަނީ
Raajje

ރައީސްގެ ދެކަނބަލުން ޗައިނާ އަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާ އަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޗައިނާއަށް ކުރައްވަން ހަމަޖެހިފައި ވަނީ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެ ކަނބަލުން ޗައިނާއަށް ފުރައިވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ (7 ޖެނުއަރީ) ގައެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ...

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލަން ނިންމައިފި
Raajje

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލަން ނިންމައިފި

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ދިވެހިރާއްޖޭގައި ޓެކްސީކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ނިންމެވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެލަފާ ހޯއްދެވުމަށްފަހުއެވެ. މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހު...

ރާއްޖޭގެ 3 ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތަކެއް އަޅަނީ
Raajje

ރާއްޖޭގެ 3 ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތަކެއް އަޅަނީ

ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އިން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެނ...

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް
Business

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތައް ނިންމެވީ 31 ޑިސެމްބަރު 2023 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކާމެދު ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުގައެވެ. ވަޒީރުންގެ މަޖިލީހުގެ އެންމެފަހުގެ ޖަލްސާއާއިގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަ...

ގޯތި/ފްލެޓް ލިބޭކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް ވައުދުވިގޮތަށް އެތަންތަން ހަވާލުކުރާނަން: ރައީސް
Raajje

ގޯތި/ފްލެޓް ލިބޭކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް ވައުދުވިގޮތަށް އެތަންތަން ހަވާލުކުރާނަން: ރައީސް

މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓް ލިބުނުކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް އެމަނިކުފާނު ވައުދުވެވަޑައިގަތްގޮތަށް ގޯއްޗާއި ފްލެޓްގެ ޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގޯތި އަދި ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައިވ...

ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރެން ސްކީމެއް
Raajje

ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރެން ސްކީމެއް

ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރެން ސްކީމެއް ތަޢާރުފުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ، 31 ޑިސެމްބަރު 2023 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ކުރީގެ ސިއްހީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމާއިގ...

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހްކޮށްފި
Raajje

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހްކޮށްފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސް މިއަދު އިފްތިތާހްކޮށްފިއެވެ. ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ރައީސް މުޢިއްޒު މިތަން އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މިތަން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޒަކާތު ހައުސްއިން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތ...

ރާއްޖޭގެ ހަމްދަރުދީގެ މެސެޖެއް ޖަޕާނަށް
Raajje

ރާއްޖޭގެ ހަމްދަރުދީގެ މެސެޖެއް ޖަޕާނަށް

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި، އަދި ސުނާމީއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ ފުމިއޯއަށް ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ. އެ ޤައުމުގެ މެދުތެރޭގެ އިޝިކާވާއަށް އައި 7.6 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމާއި، އެ ބިންހެލުމާއެކު އެރި ސުނާމީއާ ގުޅިގެން، ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، މި ބިންހެލުމާއި، ސުނާމީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއްގެ ގެދޮރު ގެއްލި، މުދަލާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ […]

ދޮގުތެދު ވަކިކުރާ އަހަރަކަށް އާ އަހަރު ހެދުމަށް ރައީސް އެދިވަޑައިގެންފި
Raajje

ދޮގުތެދު ވަކިކުރާ އަހަރަކަށް އާ އަހަރު ހެދުމަށް ރައީސް އެދިވަޑައިގެންފި

އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް އާ އަހަރު ހެދުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ދިވެހިރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ މިއަދު ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ ތިން ކަމަކަށް އެދިވަޑައިގަންނަވާފައެވެ. މީގެ ތެރެއިން ފުރަތަމަ ކަމަކީ، އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމެވެ. ދެވަނަ ކަމަކަށް އާ އަހަރަކީ ޙަޤީޤަތް ޤަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ...

ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް ރައީސް ޒިޔާރަތް ކުރައްވައިފި
Raajje

ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް ރައީސް ޒިޔާރަތް ކުރައްވައިފި

މާލެ އަށް ކުރަމުން އަންނަ ވިއްސާރައިގައި ގެއްލުންވި ބައެއް ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް މުއިއްޒު ވަނީ ވިއްސާރައިގައި ގެއްލުންވި ގެތަކަށް ޒިޔާރަތް ކުރައްވައި އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވާލައްވައިފައެވެ. އަދި މާލޭގައި ފެންބޮޑުވެފައިވާ ހިސާބުތައް ވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވައިފައެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މޯ...

ރޯދަ މަހުގެ ކުރިން 100 ރަށަށް ވަޑައިގަތުމަކީ އުންމީދެއް: ރައީސް
News

ރޯދަ މަހުގެ ކުރިން 100 ރަށަށް ވަޑައިގަތުމަކީ އުންމީދެއް: ރައީސް

އަންނަ ރޯދަ މަހުގެ ކުރިން 100 އެއްހާ ރަށަށް ވަޑައިގަތުމަކީ އުންމީދެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގެނެސްދިން “ބާއްޖަވެރި ހެނދުނެއް”ގެ ޚާއްޞަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕްރޮގްރާމްގައި ބައެއް ޢާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެފައިވާކަމަށެވެ. އަދި އެ ވަޢުދުތައް ފުއްދަވާނެކ...

''ދެކެން ބޭނުންވަނީ މާޒީން ދިވެހިން ދެކެފައިވާ އެކުވެރިކަމުގެ ދުވަސްތައް''
Raajje

''ދެކެން ބޭނުންވަނީ މާޒީން ދިވެހިން ދެކެފައިވާ އެކުވެރިކަމުގެ ދުވަސްތައް''

ރައީސް ޑރ. މުހައްމަދު މުޢިއްޒު، ދެކިވަޑައިގަންނަވަން ބޭނުންފުޅުވަނީ މާޒީން ދިވެހިން ދެކެފައިވި އެކުވެރިކަމުގެ ދުވަސްތައްކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ވެރިރަށް މާލޭގެ ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައިވާ އެއްބައިވަންތަކަމަކީ، ވަރަށް މުހިންމު ސަބަބެއް އެކަމުގައި ހިމެނިފައިވާ ކަމެކެވެ. އަދި އެއީ، ތަ...