މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
މާލޭ ސޯޝަލް ސެންޓަރުގައި މެޑިކަލް ފެސިލިޓީއެއް އިފްތިތާޙްކޮށްފި
Raajje

މާލޭ ސޯޝަލް ސެންޓަރުގައި މެޑިކަލް ފެސިލިޓީއެއް އިފްތިތާޙްކޮށްފި

މާލޭގެ ސޯޝަލް ސެންޓަރުގައި މިނިމަމް މެޑިކަލް ރިކުއަޔާމަންޓްސް ފެސިލިޓީ މިރޭ އިފްތިތާޙްކޮށްފިއެވެ. ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ މެޑިކަލް ރޫމް، ދަށްވެގެން ވަކި ޞިއްޙީ މިންގަނޑެއްގައި ޤާއިމުކޮށްފައި ހުންނަންޖެހެއެވެ. މިގޮތުން މާލޭގެ ސޯޝަލް ސެންޓަރުގައި މިނިމަމް މެޑިކަލް ރިކުއަޔާމަންޓްސް ފެސިލިޓީ އިފްތިތާހްކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ފެސިލީ އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ސޯޝަލް ސެންޓަރުގައި މި ފެސިލިޓީ ގާއިމުކުރީ ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާ...

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވައިފި
Raajje

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ކާގޯ ޓާމިނަލް މިއަދު ހުޅުވައިފިއެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވައި ދެއްވީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އެވެ. ޖާގައިގެ ގޮތުން ތަނަވަސް އާ ކާގޯ ޓާމިނަލް ހަދާފައި ވަނީ ހުޅުލެ އައިލެންޑް ހޮޓާ (އެޗްއައިއެޗް) އާ ކައިރީގައި އެވެ. މިތަނަކީ ކުރީގެ ޓަމިނަލަށްވުރެ ކާގޯ ހޭންޑްލިންގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ތަނެކެވެ. ކުރީގައި ބޭނުންކުރަމުން އައި ޓާމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ […]

ދިވެހި ޤައުމިއްޔަތު މާއްދާ އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށަނީ
Raajje

ދިވެހި ޤައުމިއްޔަތު މާއްދާ އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށަނީ

ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި އަންނަ ދިރޭސީ އަހަރު ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް އެވެ. ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގެ ބައެއް ނިންމުންތައް ވެސް އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި ނިނ...

ޓައިވާންއާ އެކީގައި ރަސްމީ އެއްވެސް ގުޅުމެއް ނުބާއްވާނަން: ރާއްޖެ
Raajje

ޓައިވާންއާ އެކީގައި ރަސްމީ އެއްވެސް ގުޅުމެއް ނުބާއްވާނަން: ރާއްޖެ

“ޗައިނާ ވަން” ސިޔާސަތުގައި ދެމިތިބޭނެ ކަމަށާއި ޓައިވާންއާ އެކީގައި ރަސްމީ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ. ޓައިވާނުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިހާބު ޗައިނާއާ ދެކޮޅު ކެންޑިޑޭޓް ލައި ޗިންގް ޓޭ ވަނީ ކާމިޔާބުކޮށްފައެވެ. ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އިންތިހާބު ކާމިޔާބު ކުރި އިރު އޭނާއަކީ މިހާރުވެސް ޓައިވާނުގެ ނައިބު ރައީސްއެވެ. ޓައިވާނުން ވެރިއަކު އިންތިހާބު ކުރިއިރު، ޗައިނާ އިން އެކަމެއް ގަބޫލެއް ނުކުރެއެވެ. ޗައިނާ އިން […]

15 މާރިޗްގެ ކުރިން އިންޑިޔާގެ ސިފައިން ގެންދަން އެދިއްޖެ
Raajje

15 މާރިޗްގެ ކުރިން އިންޑިޔާގެ ސިފައިން ގެންދަން އެދިއްޖެ

އަންނަ މާރިޗް މަހުގެ 15ގެ ކުރިން ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އަނބުރާ އެ ޤައުމަށް ގެންގޮސް ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި...

''އެއާ އެމްބިއުލާންސްގެ ޚިދުމަތް މާރިޗް 1 ގައި ފެށޭނެ، ތައިލެންޑާއި ހަމައަށް ވިޔަސް ބަލިމީހުން ގެންދެވޭނެ''
News

''އެއާ އެމްބިއުލާންސްގެ ޚިދުމަތް މާރިޗް 1 ގައި ފެށޭނެ، ތައިލެންޑާއި ހަމައަށް ވިޔަސް ބަލިމީހުން ގެންދެވޭނެ''

ރާއްޖޭގައި އަލަށް ތަޢާރުފްކުރާ އެއާ އެމްބިއުލާންސްގެ ޚިދުމަތް އަންނަ މާރިޗް މަހުގެ 1 ގައި ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، 17 ނޮވެމްބަރު 2023ގައި ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ކުރެއްވި ފުރައްމާނަ ދަތުރުފުޅުގައި ޗައިނާ އަށް ވަޑައިގަތުމަށްފަހު އިއްޔެ މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ޗައިނާގެ ރައީސް  ޝީ ޖިންގްޕިންގެ ދަޢުވަތަަކަށް މިމަހުގެ 7 އިން 13 އަށް...

ރައްޔިތުންނަށް ފެންވަރުރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ޔޫރަޕުންނާއި އެމެރިކާއިން ބޭސް އެތެރެކުރާނަން: ރައީސް
Raajje

ރައްޔިތުންނަށް ފެންވަރުރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ޔޫރަޕުންނާއި އެމެރިކާއިން ބޭސް އެތެރެކުރާނަން: ރައީސް

ރާއްޖެއަށް އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް ރައްޔިތުންނަށް ފެންވަރުރަނގަޅު ބޭސް ފޯރުކޮށްދިނުމަށް ޔޫރަޕުންނާއި އެމެރިކާއިން ބޭސް އެތެރެކުރާގޮތައް ކަންކަން އިންތިޒާމު ކުރައްވާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިމަހުގެ 7 އިން 13 އަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ، ރާއްޖެއަށް އާދައިގެ ބޭސް...

ރޯދައަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަނޑުލާއި ފުށް ހަދިޔާ ކުރަނީ
Raajje

ރޯދައަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަނޑުލާއި ފުށް ހަދިޔާ ކުރަނީ

އަންނަ ރޯދަމަހަށް ދިވެހިރާއްޖޭގެ ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށްބަސްތާއެއް ސަރުކާރުގެ ހަރަދުގައި ދިނުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިމަހުގެ 7 އިން 13 އަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަނީ ސަރުކާރުގެ އަމާޒަކީ ވަކި ބަޔަކަށް ބަރޯސާނުވެ، އަމިއްލަ ފައި މައްޗަށް ތެދުވެފ...

އިތުރު އެހީތެރިކަމާއެކު ތައިލެންޑުންނާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހަދަނީ
Raajje

އިތުރު އެހީތެރިކަމާއެކު ތައިލެންޑުންނާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހަދަނީ

ގިނަ އަދަދެއްގެ ދިވެހިން މިހާރު ދަތުރުކުރަމުން އަންނަ ތައިލެންޑުންނާއި، އަރަބި އިސްލާމީ ޤައުމެއްކަމަށްވާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން އާސަންދަ ލިބޭގޮތް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަނ...

''ޗައިނާގެ ފަތުރުވެރިންގެ އަދަދު ދެގުނަކޮށް، އެ ޤައުމު އަލުން އެއްވަނަ މަންޒިލަށް ހެދޭނެ''
Raajje

''ޗައިނާގެ ފަތުރުވެރިންގެ އަދަދު ދެގުނަކޮށް، އެ ޤައުމު އަލުން އެއްވަނަ މަންޒިލަށް ހެދޭނެ''

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު ދެގުނަކޮށް އެއްވަނަ މާކެޓަށް އެ ޤައުމު އަލުން ހެދޭގޮތަށް ކަންކަން ތަރުތީބުކުރެވިފައިވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރާއްޖެ ވަޑައިގެން، ލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއ...

ޗައިނާ އިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފައި: ރައީސް
Raajje

ޗައިނާ އިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފައި: ރައީސް

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުން 130 މިލިއަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީވަނީ ހަމަޖެހިފައިކަމަށް ރައީސް މުޢިއްޒު މިއަދު ވިދާާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ޗައި...

ރައީސްގެ ޗައިނާ ދަތުރުފުޅު ނިންމަވާލައްވައިފި
Raajje

ރައީސްގެ ޗައިނާ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި މި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް ޝީގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސް މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ އެ ގައުމުގެ ފޫޖޯ އަށެވެ. އަދި އެރަށުގައި އޮތް އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އެ ޤައުމުގެ […]

ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދޭނެކަން ޔަގީން، އެއީ ތަރައްގީއަށް ދެވޭ ވޯޓެއް: ރައީސް
International

ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދޭނެކަން ޔަގީން، އެއީ ތަރައްގީއަށް ދެވޭ ވޯޓެއް: ރައީސް

މާލެ ސިޓީގެ ރައްޔިތުން، މާލޭ ސިޓީގެ މޭޔަރާއި، ތިން ކައުންސިލަރުން ހޮވުމަށް ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ އިއްތިހާދު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވައިދެއްވާނެ ކައުމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް ރައީސް ޑރ. މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ސަންގު ޓީވީން ރޭ ގެނެސްދިން ”އާސްކް އާޒިމާ” ޕްރޮގާމަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ފޯނުން ދެއްވި ބަސްދީގަތުމެއްގައެވެ. މާލެ ސިޓީގެ ތަރައްގީއަށްޓަކައި ސަރުކާރުގެ ވިސްނުމުގަ...

މާލެ ސިޓީގެ ތަރައްގީއަށްޓަކައި ސަރުކާރުގެ ވިސްނުމުގެ ކެންޑިޑޭޓުން ހޮވައިދީ: ރައީސް
Raajje

މާލެ ސިޓީގެ ތަރައްގީއަށްޓަކައި ސަރުކާރުގެ ވިސްނުމުގެ ކެންޑިޑޭޓުން ހޮވައިދީ: ރައީސް

މާލެ ސިޓީގެ ތަރައްގީއަށްޓަކައި ސަރުކާރުގެ ވިސްނުމުގައި ސަރުކާރާއެއް ފިކުރެއްގައި މަސައްކަތްކުރާ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މިގޮތަށް އެދިވަޑައިގަތީ ސަންގު ޓީވީން ރޭ ގެނެސްދިން ”އާސްކް އާޒިމާ” ޕްރޮގާމަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައެވެ. ޗައިނާގެ ބެއިޖިންގައި ހުންނަވައި އެ ޕްރޮގްރާމްގައި ފޯނު މެދުވެރިކޮށް ބައިވެރިވެވަޑައިގަންނަވަމުން ރައީސް ވިދާޅުވީ، ޗައިނާގެ ދަތުރުން މާލޭގެ ރައްޔިތުންނަށް ޖުމްލަކޮށް މުޅިރާއްޖޭގެ ރައްޔިތުންނަށް ވަރަށް ފައިދާހުރި...

ޗައިނާ އިން ރާއްޖޭގެ ސިވިލްސާވަންޓުންނަށް 1،000 ސްކޮލާޝިޕް
Raajje

ޗައިނާ އިން ރާއްޖޭގެ ސިވިލްސާވަންޓުންނަށް 1،000 ސްކޮލާޝިޕް

ޗައިނާ އިން ދިވެހިރާއްޖޭގެ ސިވިލްސާވިސްގެ މުވައްޒަފުންނަށް ޚާއްޞަކޮށް 1،000 ސްކޮލާޝިޕްގެ ފުރުޞަތު ފަހިކޮށްދީފިއެވެ. އެކަން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަންމާނަ ދަތުރުފުޅުގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި ދިރިއުޅޭ ދިވެހިންނާ މިއަދު ކުރެއްވި ބައްދަލުކޮށްލެއްވުމުގައެވެ. މިބައްދަލުކުރެއްވުމުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ބައިވެރިވެފައިވާއިރު ރައީސް މުޢިއްޒު ވަނީ ދަރިވަރުން ބޭރު ޤައުމެއްގައި ކިޔަވަމުންދާއިރު ކުރިމަތިވާ...