ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން މިރޭ ޗައިނާ އަށް ފުރައިވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ފުރަމާނަ ދަތުރުފުޅެކެވެ.

Ad
rt

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިޤުތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުން ވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިދަތުރުފުޅުގައި ޗައިނާގެ ފޫޖޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގަނަވާގޮތަށް ހަމަޖެހިފައިވާއިރު، އެ ޤައުމުގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިޤުތިޞާދީ ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މި ސަރުކާރާއި ޚާއްޞަ ގުޅުމެއް ބާއްވަމުން އަންނަ ޗައިނާ އަށް ރައީސް މިރޭ ފެއްޓެވި ފުރަމާނަ ދަތުރުފުޅުގައި އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެއެވެ.

މި ދަތުރުފުޅު ނިންމަވާލައްވާގޮތައް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ މިދިޔަ 2023 ވަނަ އަހަރުގެ ނޮވެމްބަރު ފަހުކޮޅު އަރަބި އިސްލާމީ ޤައުމެއްކަމަށްވާ ތުރުކީ ވިލާތަށެވެ.