ސިލްސިލާ ވާހަކަ: ނާޒުކު ހިތެކޭ މިއީ (ފަހުބައި)
ޕާން ފޮތި ގޮސް ޖެހުނީ ދުރުގައި ހުރި މޫމިނައްތަގެ ފައިބުޑަށެވެ. އޭރު މޫމިނައްތަގެ މޫނުމަތިން ވެސް ފެންނަނީ ހައިރާންކަމުގެ އަސަރުތަކެވެ. ޝިކާއަށް މޫމިނައްތަ ފެނުމާއެކު އޭނާ ނުހަނު ކަންބޮޑު ވެއްޖެއެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވެ، ބާރުބާރަށް ކޮޓަރިއާ ދިމާލަށް އޭނާ ދުއްވައިގަތެވެ. އަކްރަމް އެނބުރި ގެއަށް އައި އިރު ވެސް ޝިކާ އޮތީ އެނދުމަތީގައެވެ. އަތު ކުރީގައި އޮތް ގަޑި ނެގުމަށްފަހު ޑްރެސިންޓޭބަލް މަތީ ބާއްވަމުން އަކްރަމް ޝިކާއަށް ބަލައިލިއެވެ. ” ދެން ތީ ކޮަންކަމެއް؟” […]