Skip to main content
Topic Archive

#ނޭކުރެންދޫ ކައުންސިލް

30 Stories filed
ބީސާދަ ސްޕޯޓްސް ފެސްޓިވަލް: އެންމެފަހުގެ ޗެމްޕިއަން ފެލްކަންސް އަށް ފަސޭހަ މޮޅެއް
Thiladhunmathi News

ބީސާދަ ސްޕޯޓްސް ފެސްޓިވަލް: އެންމެފަހުގެ ޗެމްޕިއަން ފެލްކަންސް އަށް ފަސޭހަ މޮޅެއް

ހދ. ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން މިހާރު ކުރިޔަށްދާ ބީސާދަ ސްޕޯޓްސް ފެސްޓިވަލްގައި ހިމެނޭ ހޭންޑް ބޯލް މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ފެލްކަންސްއިން ކުޅުނު މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފިއެވެ. މި މެޗު ފެލްކަންސްއިން ކާމިޔާބުކުރީ ކަސަބްއާއި ވާދަކޮށް 11-5 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަހާފް ނިމުނީ 5-1 ގެ ނަތީޖާއިން ފެލްކަންސް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފްގައި ކަސަބްއިން ކުޅުން ރަނގަޅުކޮށް ނަތީޖާ ދެގޯލަށް ކައިރި ކުރިއެވެ. ފެލްކަންސްއިން މެޗުގެ ނަތީޖާ ފަރަގު ބޮޑުކުރީ...

ނޭކުރެންދޫ ގައި އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއިކޮށްފި
News

ނޭކުރެންދޫ ގައި އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ނޭކުރެންދޫ ގައި ސަރުކާރުން އަޅާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ. ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަސައްކަތް ހަވާލުކުރީ ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދު އެވެ. ޔުނިކް ޗޮއިސް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޔާޒް އަލީ އެވެ. ނޭކުރެންދޫގެ […]

ނޭކުރެންދޫ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ނޭކުރެންދޫ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ހިމެނެނީ ދެ ކުޅިވަރެކެވެ. އެއީ ފުޓްސަލްއާއި ހޭންޑްބޯޅައެވެ. ނޭކުރެންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ފުޓްސަލް މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކޮށް...

ނޭކުރެންދޫ އިން 50 ގޯތި ދޫކުރަނީ
Thiladhunmathi News

ނޭކުރެންދޫ އިން 50 ގޯތި ދޫކުރަނީ

ނޭކުރެންދޫ އިން 50 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ނޭކުރެންދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވީ، އެރަށުން މީހުން ދިރިއުޅުމަށްޓަކައި 2000 އަކަ ފޫޓާއި 3000 އަކަފޫޓާއި ދެމެދުގެ 50 ގޯތި ދޫކުރުމަށް އެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް އެދި ހުށައެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން މިމަހުގެ 28 ވާ އާދިއްތަ ދުވަހުން ފެށިގެން އަންނ...

ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާތީ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި
Thiladhunmathi News

ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާތީ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނޭކުރެންދޫ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ނޭކުރެންދޫ ކައުންސިލަރުން ވަނީ ނައިބު ރައީސާއި ހިއްސާ ކުރަށްވާފައެވެ. މިގޮތުން ނޭކުރެންދޫގައި އަޅަން ނިންމާފައިވާ އިންޑަސްޓްރިއަލް ޖަލުގެ މަސައްކަތް ނުފެށި...

ނޭކުރެންދޫ ވޮލީ މުބާރާތް: ނަމުރު ބަލިކޮށް އަންހެންބައިގެ ޗެމްޕިއަންކަން ކަލިޔާ ހޯދައިފި
Thiladhunmathi News

ނޭކުރެންދޫ ވޮލީ މުބާރާތް: ނަމުރު ބަލިކޮށް އަންހެންބައިގެ ޗެމްޕިއަންކަން ކަލިޔާ ހޯދައިފި

ހދ. ނޭކުރެންދޫ ގައި ފިތުރުޢީދާ ދިމާކޮށް އެރަށު ޒުވާނުން އިސްނަގައިގެން ކުރިޔަށްގެންދިޔަ އަންހެނުންގެ ގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކަލިޔާ ޓީމުން ހޯދައިފިއެވެ. ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ފައިނަލްމެޗް ކަލިޔާ ޓީމް ކާމިޔާބުކުރީ 3-1 ސެޓުން ނަމުރުޓީމްގެ މައްޗަށް ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓާ ދެވަނަ ސެޓް ހޯދީ ކަލިޔާޓީމް އިންނެވެ ނެވެ. ކުޅުން ރަގަނޅުކޮށް ތިންވަނަ ސެޓް ހޯދީ ނަމުރު ޓީމް އިންނެވެ. ޖެހިގެން އައި ހަތަރުވަނަ ސެޓް ކާމިޔާބް ކޮށް ކަލިޔާ ވަނީ […]

ނޭކުރެންދޫ "ބީސާދަ" ޤުރުއާން މުބާރާތް ފަށައިފި
Thiladhunmathi News

ނޭކުރެންދޫ "ބީސާދަ" ޤުރުއާން މުބާރާތް ފަށައިފި

ހދ. ނޭކުރެންދޫ ކައުންސިލުން ކުރިއަށްގެންދާ “ބީސާދަ” ޤުރުއާން މުބާރާތް އިއްޔެ ފަށައިފިއެވެ. ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ހާއްސަކޮށް އެކައުންސިލުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. އެގޮތުން މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 6 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ: 6 އަހަރުން ދަށް 9 އަހަރުން ދަށް 11 އަހަރުން ދަށް 13 އަހަރުން ދަށް 19 އަހަރުން ދަށް 21 […]

ނޭކުރެންދޫ ކައުންސިލްގެ ބީ14 ސްޕޯޓްސް ފެސްޓިވަލް ކާމިޔާބު ކަމާއިއެކު ނިންމާލައިފި
Thiladhunmathi News

ނޭކުރެންދޫ ކައުންސިލްގެ ބީ14 ސްޕޯޓްސް ފެސްޓިވަލް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ހދ.ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ބީ14 ސްޕޯޓްސް ފެސްޓިވަލް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ފެސްޓިވަލްގައި ޖުމްލަ ދެ ކުޅިވަރެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ ފިރިހެން ބޭފުޅުންނަށް ކުރިއަށް ގެންދިޔަ ބީ14 ފުޓްސަލް ކަޕުގެ އިތުރުން ކަނބަލުންނަށް ކުރިއަށް ގެންދިޔަ ބީ14 ހޭންޑްބޯލް ޓޯނަމެންޓެވެ. މި ފެސްޓިވަލް ފަށާފައި ވަނީ 24 ޑިސެމްބަރ 2021 ވީ ހުކުރު ދުވަހު ނޭކުރެންދޫ ފުޓްސަލް ދަނޑުގައެވެ. ފުޓްސަލް ކަޕްގެ ފައިނަލް މެޗު ކުޅެފައި ވަނީ […]

ނޭކުރެންދޫ ދަނޑުވެރިންނަށް މައުލޫމާތުދީފި
Thiladhunmathi News

ނޭކުރެންދޫ ދަނޑުވެރިންނަށް މައުލޫމާތުދީފި

ފިޝަރީޒް މިނިސްޓްރީގެ ޕްލާންޓް އެންޑް އެނިމަލް ހެލްތް ސާރވެއިލެންސް ޓީމްއާއި ހދ. ނޭކުރެންދޫ ކައުންސިލް ގުޅިގެން އެރަށުގެ ދަނޑުތަކަށް ޒިޔާރަތްކޮށް ދަނޑުވެރިންނަށް މައުލޫމާތުދީފިއެވެ. ނޭކުރެންދޫ ކައުންސިލް މެންބަރު ޢާއިޝަތު ޝަފާ “ތިލަދުން” ވިދާޅުވީ މި ޒިޔާރަތުގެ އެންމެ ބޮޑު މަޤްސަދަކީ ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަންނާނެ ގޮތް ދަނޑުވެރިންނަށް ކިޔާދިނުމާއިއެކު އެކަމަށް ބޭނުން ކުރާނެ ބޭހާއި ބޭސް ބޭނުން ކުރާނެ ގޮތްތައް ދަނޑުވެރިންނަށް އޮޅުންފިލުވައި ދިނުމުގެ އިތުރުން ދަނޑުވެރިންނަށް ދިމާވެފައިވާ ދަތި...

ކިޑްނީ ފެއިލްވެފައިވާ 9 އަހަރުގެ އަޒާން އަށް އެހީހޯދުމަށް، ނޭކުރެންދޫގައި މަސައްކަތު ދެވަހެއް ބާއްވަނީ
Thiladhunmathi News

ކިޑްނީ ފެއިލްވެފައިވާ 9 އަހަރުގެ އަޒާން އަށް އެހީހޯދުމަށް، ނޭކުރެންދޫގައި މަސައްކަތު ދެވަހެއް ބާއްވަނީ

ކިޑްނީ ފެއިލްވެފައިވާ އުމުރުން 9 އަހަރުގެ އަޒާން މުޙައްމަދު ވަހީދު އަށް އެހީތެރިވުމުގެ ގޮތުން ހދ. ނޭކުރަންދޫގައި 2 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހު މަސައްކަތު ދުވަހެއް ބާއްވަން ނިންމައިފި އެވެ. މި ހަރަކާތަކީ ނޭކުރަންދޫ ކައުންސިލާ އެރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަދި ކްލަބު ޖަމިއްޔާތައް ގުޅިގެން އިންތިޒާމް ކޮށް ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. ނޭކުރަންދޫ ފަރިވިލާގެ، މުޙައްމަދު ވަހީދު އަދި ހދ. ކުރިނބީ ޖަވާހިރުމާގެ، ފަޒުނާ އަބްދުއްރަޙްމާނަށްް ލިބިފައިވާ […]

ނޭކުރެންދޫ ލޭންޑް ޔޫސް ޕްލޭން މުރާޖާކުރަން ބިޑަށް
Thiladhunmathi News

ނޭކުރެންދޫ ލޭންޑް ޔޫސް ޕްލޭން މުރާޖާކުރަން ބިޑަށް

ހދ.ނޭކުރެންދޫ ލޭންޑް ޔޫސް ޕްލޭން މުރާޖާކުރާނެ ފަރާތެއް ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ، މިހާރު އެރަށުގައި ބޭނުންކުރަމުންދާ ލޭންޑް ޔޫޒް ޕްލޭން މުރާޖާކޮށް، ބައެއް ބަދަލުތައް ގެނައުމަށް ބޭނުންވެފައިވާކަމަށެވެ. މިމަސައްކަތް ކުރުމަށް ހުށައަޅާފަރާތްތަކުން ސަމާލުކަން ދޭންވީ 4 ނުކުތާއެއް ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން، ކައުންސިލުންނާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް، ލޭންޑް ޔޫޒް ޕްލޭ...

ނޭކުރެންދޫ ކަނޑޫފާ ސަލާމަތް ކުރަން މަސައްކަތް ކުރާތަނެއް ނުފެނޭ: ކައުންސިލް
Thiladhunmathi News

ނޭކުރެންދޫ ކަނޑޫފާ ސަލާމަތް ކުރަން މަސައްކަތް ކުރާތަނެއް ނުފެނޭ: ކައުންސިލް

ހދ. ނޭކުރެންދޫ ކަނޑޫފާ މަރުވެ ނެތިވަމުންދާކަން ފާހަގަކުރެވުނުތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ކަނޑޫފާ ސަލާމަތް ކުރުމަށް ސަރުކާރުން އެކަށޭނަ މަސައްކަތެއް ނުކުރާކަމަށް ބުނެ، ނޭކުރެންދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ނޭކުރެންދޫ ކަނޑޫފަލަކީ ރާއްޖޭގެ އެންމެ ބިޔަ ކަނޑޫފާއެވެ. މިއީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ކަނޑޫފަލެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު ނޭކުރެންދޫ ކައުންސިލުން ވަނީ އެރަށުގެ ކަނޑޫފަލުން ދިހަ ހާހެއްހާ ކަނޑޫގަސް މަރުވެފައިވާކަމަށް އަންދާޒާކޮށް، އެކަމުގެ ކަންބޮޑުވުން...

ނަފުރަތުގެ އަމަލު ބިލުން ރާއްޖޭގެ އިސްލާމީ ސަހްސިއްޔަތަށް ނޭދެވޭ އަސަރުކުރާނެ: ނޭކުރެންދޫ ކައުންސިލް
Thiladhunmathi News

ނަފުރަތުގެ އަމަލު ބިލުން ރާއްޖޭގެ އިސްލާމީ ސަހްސިއްޔަތަށް ނޭދެވޭ އަސަރުކުރާނެ: ނޭކުރެންދޫ ކައުންސިލް

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް 25 މެއި 2021 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުން ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ހދ. ނޭކުރެންދޫ ކައުންސިލުން ބުނެފިައެވެ. ނޭކުރެންދޫ ކައުންސިލްގެ 5 މެންބަރު ސޮއި ކުރަށްވާ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި، ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އަދި ދިވ...

ނޭކުރެންދޫގައި ބޯހިޔާވަހިމެއްނެތް މާމައަކާއި ދެކުދިން، ރައްޔިތުން އެހީވަނީ!
Thiladhunmathi News

ނޭކުރެންދޫގައި ބޯހިޔާވަހިމެއްނެތް މާމައަކާއި ދެކުދިން، ރައްޔިތުން އެހީވަނީ!

ހދ. ނޭކުރެންދޫގައި ރަނގަޅު ބޯހިޔާވަހިކަމެއްނެތި ހާލުގައި އުޅެމުންދާ ޢާއިލާއަކަށް އެހީތެރިވުމުގެ މަސައްކަތް އެރަށުގެ ކައުންސިލާއި، ރައްޔިތުން ގުޅިގެން ފަށައިފިއެވެ. މިގޮތުން ފަންސާސް އަހަރުން މަތީގެ މާމައަކާއި، 10-12 އަހަރާދެމެދު ދެ މާމަ ދަދަރިން ހިމެނޭ އެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ، ރަނގަޅު ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަސައްކަތް ނޭކުރެންދޫ ކައުންސިލާއި، ރައްޔިތުން ގުޅިގެން ފެށީ ރޭގައެވެ. އެ ޢާއިލާއަކީ ކުރީން ރަށުން ބޭރުގައި ދިރިއުޅެފައި، މިފަހަކުން އެރަށަށް ބަދަލުވި ޢާއިލާއެކެވެ. އެރ...

ނޭކުރެންދޫ ކައުންސިލުން، އެރަށު ސްކޫލަށް ''ތްރީ އޮން ތްރީ'' ދަނޑެއް ހަދިޔާކޮށްފި
Thiladhunmathi News

ނޭކުރެންދޫ ކައުންސިލުން، އެރަށު ސްކޫލަށް ''ތްރީ އޮން ތްރީ'' ދަނޑެއް ހަދިޔާކޮށްފި

ހދ. ނޭކުރެންދޫ ކައުންސިލުން އެރަށުގައި ހުންނަ ނޭކުރެންދޫ ސްކޫލަށް ”ތްރީ އޮން ތްރީ” ފުޓުބޯޅަ ދަނޑެއް ހަދިޔާ ކޮށްފިއެވެ. ނޭކުރެންދޫ ސްކޫލްގެ ގޯތިތެރޭގައި ހަދާފައިވާ އެ ދަނޑު ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދަނޑު ސްކޫލާއި ހަވާލުކޮށް ދެއްވީ ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް އެވެ. ނޭކުރެންދޫ ސްކޫލްގެ ފަރާތުން އެ ދަނޑާއި ހަވާލުވީ އެ ސްކޫލްގެ ޕްރިންސިޕަލެވެ. ނޭކުރެންދޫ ކައުންސިލުން ޚަރަދުކޮށްގެން ހެދި އެދަނޑުގެ މަސައްކަތް ފުރިހަމަ ކުރުމަށް ނޭކުރެންދޫ ނިސްބަތްވާ މަކުނުދޫ […...