ހދ. ނޭކުރެންދޫ ގައި ފިތުރުޢީދާ ދިމާކޮށް އެރަށު ޒުވާނުން އިސްނަގައިގެން ކުރިޔަށްގެންދިޔަ އަންހެނުންގެ ގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކަލިޔާ ޓީމުން ހޯދައިފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ފައިނަލްމެޗް ކަލިޔާ ޓީމް ކާމިޔާބުކުރީ 3-1 ސެޓުން ނަމުރުޓީމްގެ މައްޗަށް ކުރިހޯދައިގެންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ސެޓާ ދެވަނަ ސެޓް ހޯދީ ކަލިޔާޓީމް އިންނެވެ ނެވެ. ކުޅުން ރަގަނޅުކޮށް ތިންވަނަ ސެޓް ހޯދީ ނަމުރު ޓީމް އިންނެވެ. ޖެހިގެން އައި ހަތަރުވަނަ ސެޓް ކާމިޔާބް ކޮށް ކަލިޔާ ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ފައިނަލްމެޗްގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ކަލިޔާ ޓީމް ގެ ޖާޒީ ނަމްބަރ 11 އާމިނަތު ލޫޒާ އެވެ. މޮޅުކުޅުން ތެރިޔާ އަށް ޓްރޮފީ ހަވާލުކޮށްދެއްވީ މެޗްގެ ޝަރަފްވެރި މެހެމާން ހައްވާ ޒާހިދާ އެވެ.

މުބާރާތުގެ ގަދަ ހަ ކުޅުން ތެރިންނަކީ ކަލިޔާ ޓީމްގެ ޖާޒީ ނަމްބަރ 10 އާމިނަތު ޝަޒްފާ، އެ ޓީމްގެ ޖާޒީ ނަމްބަރ 11 އާމިނަތު ލޫޒާ، ނަމުރު ޓީމްގެ ޖާޒީ ނަމްބަރ 22 އައިޝަތު ޝަފާ، އެ ޓީމްގެ ޖާޒީ ނަމްބަރ 25 އާމިނަތު ޒާހިރާ،
ގަމަނަ ޓީމްގެ ޖާޒީ ނަމްބަރ 22 މަރްޔަމް ޒުހާ، އެ ޓީމްގެ ޖާޒީ ނަމްބަރ 27 އާމިނަތު ޔުމްނާ އެވެ.

އަންހެންބައިގެ ގަދަ 6 ކުޅުންތެރިން

ގަދަ ހަޔަކަށް ޓްރޮފީ ހަވާލު ކޮށްދެއްވީ ފާތިމަތު ފަރުޒާނާ އެވެ.
ރަނަރަޕް ޓީމަށް މެޑަލް ހަވާލުކޮށްދެއްވީ ސާރާ އިބްރާހިމް އެވެ. ރަނަރަޕް ޓީމަކީ ނަމުރު އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލްއާއި ތަށި ހަވާލް ކޮށްދެއްވީ ފައިނަލްމެޗްގެ ޝަރަފްވެރި މެހެމާން ހައްވާ ޒާހިދާއެވެ. ޗެމްޕިއަން ޓީމަކީ ކަލިޔާ އެވެ.

މި މުބާރާތް މިފަހަރު ކުރިޔަށް ގެންދިޔައީދެ ޖިންސައްވެސް ހުޅުވާލައިގެންނެވެ.
މިފަހަރުގެ މެއިން ސްޕޮންސަރ އަކީ ނަސްރު ބޯޓެވެ.