Skip to main content
Topic Archive

#ހައްޖު ކޯޕަރޭޝަން

44 Stories filed
ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލުގައި ހާއްސަ ކްލިނިކެއް
Raajje

ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލުގައި ހާއްސަ ކްލިނިކެއް

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައޫދީ އަށް ގޮސް ދިވެހި ހައްޖުވެރިން މައްކާގައި ތިބޭ ހޮޓަލްގައި ހައްޖާޖީންނަށް ޚާއްޞަކޮށް ކްލިނިކެއް ހުޅުވައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މި ކްލިނިކް ހުޅުވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި ހައްޖު މޫސުމުގައި ޚާއްޞަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުންވަނީ ދިވެހި ހައްޖުމިޝަންއަށް ރަސްމީކޮށް ހުއްދަ ދ...

''ހައްޖު ކޯޕަރޭޝަންގެ މި އަހަރުގެ ހައްޖު ކިއުގައި ތިބި އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެ''
Raajje

''ހައްޖު ކޯޕަރޭޝަންގެ މި އަހަރުގެ ހައްޖު ކިއުގައި ތިބި އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެ''

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މި އަހަރުގެ ހައްޖު ކިއުގައި ތިބި އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް އެ އުފާވެރި ޚަބަރުދެއްވީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ޙައްޖު ކޯޕަރޭޝަންގެ ކިއުގައި 2025 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރަން ދިއުމަށް ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ޙައްޖަށް ދެވޭނެކަން ހާމަކުރަށްވައި ރައީސް ވަނީ މިއީ ޒަމާންތަކަކަށް ފަހު، އެ އަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެންނަށް އެ އަހަރު […]

މިއަހަރު ރާއްޖެއިން ދަތުރުކުރާ ހައްޖާޖީންގެ 50 އިންސައްތަ އުފުލާނީ ޤައުމީ އެއާލައިނުން
Raajje

މިއަހަރު ރާއްޖެއިން ދަތުރުކުރާ ހައްޖާޖީންގެ 50 އިންސައްތަ އުފުލާނީ ޤައުމީ އެއާލައިނުން

މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދާ ޙައްޖުވެރިންގެ 50 އިންސައްތަ އުފުލާނީ ޤައުމީ އެއާލައިން މޯލްޑިވިއަންއިން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިކަން ހާމަކޮށްފައި ވަނީ، މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނާއި ޤައުމީ އެއާލައިން މޯލްޑިވިއަންއާ ދެމެދު، މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ސައޫދީއަށް ގެންދިއުމުގެ ބައެއް ދަތުރުތ...

ހުރިހާ ހައްޖާޖީން ވެސް ޓްރެވެލް ވެކްސިން ފުރިހަމަކުރި: ހައްޖު ކޯޕަރޭޝަން
Raajje

ހުރިހާ ހައްޖާޖީން ވެސް ޓްރެވެލް ވެކްސިން ފުރިހަމަކުރި: ހައްޖު ކޯޕަރޭޝަން

ރާއްޖެއިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ ހުރިހާ ހައްޖާޖީން ވެސް ރާއްޖެ އައީ ޓްރެވެލް ވެކްސިން ފުރިހަމަކޮށްގެން ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން މިއަހަރު 1150 މީހަކު ވަނީ ހައްޖުގެ އަޅުކަން ފުރިހަމަކޮށްފައެވެ. ހައްޖުގެ އަޅުކަމަށްފަހު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އާރިފް (ބަކާ) ވަނީ ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ނިޔާވެފައެވެ. ބަކާ ނިޔާ...

ހައްޖު އޮޕަރޭޝަން ކާމިޔާބު، އެކަމަކު ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި: ޝަހީމް
Raajje

ހައްޖު އޮޕަރޭޝަން ކާމިޔާބު، އެކަމަކު ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި: ޝަހީމް

މި އަހަރުގެ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި އަންނަ އަހަރު ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރިއިރު، އެކަންކަން ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ. މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން 1،150 ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް ދިޔައެވެ. އެ ހައްޖުވެރިންނާ އެކުގައި ޝަހީމްގެ އިތުރުން ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވެސް […]

އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ: ހައްޖު ކޯޕަރޭޝަން
Raajje

އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ: ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1445 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތުވަނީ ދެވިފައި ކަމަށެވެ. 1445 ވަނަ އަހަރުގެ ރަސްމީ 1000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް […]

ސަރުކާރުގެ ހަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުން ފުރައިފި
Raajje

ސަރުކާރުގެ ހަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުން ފުރައިފި

ރައީސް  ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދައުރުގެ ތެރޭގައި 1000 ދިވެހި ރައްޔިތުން، ސަރުކާރުގެ ޚަރަދުގައި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފޮނުވަން ނިންމަވާފައިވާއިރު، އޭގެ ތެރެއިން މިއަހަރު ހައްޖަށް ފޮނުވާ މީހުން މިއަދު ފުރައިފިއެވެ. ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1000 ދިވެހި ރައްޔިތުން، ރިޔާސީ މި ދައުރުގައި ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން މިއަހަރު ހައްޖަށް ފޮނުވަނީ 50 މީހުންނެވެ. ރިޔާސީ ފުރަތަމަ...

ރާއްޖޭގެ ހައްޖާޖީންގެ ދެވަނަ ގްރޫޕް ފުރައިފި
Raajje

ރާއްޖޭގެ ހައްޖާޖީންގެ ދެވަނަ ގްރޫޕް ފުރައިފި

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ދެވަނަ ގްރޫޕް މިއަދު ފުރައިފިއެވެ. ރާއްޖޭގެ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް 31 މެއި 2024 ގައި ފިރާފައިވާއިރު އެ ގްރޫޕްގައި 296 ހައްޖާޖީން ވަނީ މައްކާއަށް ގޮސްފައެވެ. މިއަދު ފުރި ދެވަނަ ގްރޫޕްގައި 354 ހައްޖާޖީން ފުރިއެވެ. ދިވެހިރާއްޖޭގެ ހައްޖު މިޝަނުން ލަފާކުރާގޮތުގައި މިއަދު ފުރި ގްރޫޕް ދަތުރުކުރާ ފްލައިޓަށް ޖިއްދާ އެއާޕޯޓަށް ޖެއްސޭވަރުވާނީ ރާއްޖެ ގަޑިން މިރޭ 21:21 ހާއިރުއެވެ. އެއީ މައްކާގެ ގަޑިން 19:21 އެވެ. މިއަހަރު […]

''ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ އަގު 50،000ރ އަށް ކުޑަކުރުމަކީ އަމާޒު''
Raajje

''ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ އަގު 50،000ރ އަށް ކުޑަކުރުމަކީ އަމާޒު''

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން ހައްޖަށް ގެންދާ މީހެއްގެ އަތުން ނަގާ އަގު 50،000 ރުފިޔާއަށް ކުޑަކުރުމަކީ އެ ކުންފުނީގެ އަމާޒުކަމުގައި ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މައްކާގައި ހުންނަވާ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ރާއްޖެއިން މީހުން ހައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު...

ރާއްޖޭގެ ހައްޖާޖީން ފުރަން ފަށައިފި
Raajje

ރާއްޖޭގެ ހައްޖާޖީން ފުރަން ފަށައިފި

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފިއެވެ. މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބުނީ މިދިޔަ ދެ އަހަރެކޭ އެއްގޮތަށް ހައްޖު ކޯޕަރޭޝަނެވެ. ރާއްޖެ އަށް ލިބިފައިވާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ. މީގެ ތެރެއިން ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރިއިރު، މި ގްރޫޕްގައި މިއަދު ވަނީ 296 ހައްޖާޖީން ފުރާފައެވެ. ހައްޖާޖީން ފުރުމުގެ ކުރިން ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް […]

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ
Raajje

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި އެ ކުންފުނީގެ ޙަވާލުގައި މި އަހަރު ރަމަޟާން މަހު ޢުމުރާއަށް ގޮސްހުރި، މީހަކު މިއަދު ހެނދުނު މައްކާގައި ވަނީ ނިޔާވެފަވެއެވެ. ނިޔާވެފައި ވަނީ ފަރީދާ އާދަމް، ދަފްތަރު ނަންބަރު ރސ 9079، އެވެ. ހައްޖު ކޯޕަރޭޝަނުން ވަނީ މި ހިތާމާގައި މަރުޙޫމާގެ ޢާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

ހައްޖަށް ގެންދިޔުމުގެ އަގު ކުޑަކުރުމުގެ މަސައްކަތް ފަށައިފި
Raajje

ހައްޖަށް ގެންދިޔުމުގެ އަގު ކުޑަކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔުމަށް މީހުން އަތުންނަގާ އަގު ކުޑަކުރުމުގެ މަސައްކަތް ސަރުކާރުގެ ހައްޖު ކުންފުނި ހައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ. މިކަން ހާމަކޮށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ގާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އެހެންކަމާއެކު، ޙައްޖު ފަންޑުން އެކިއެކި އިން...

ހައްޖު ޖާގަ ކަށަވަރު ކުރުމަށްކަމަށް ބުނެ ހީލަތުގެ ކޯލްތަކެއް، ސަމާލުވުމަށް އެދިއްޖެ
Raajje

ހައްޖު ޖާގަ ކަށަވަރު ކުރުމަށްކަމަށް ބުނެ ހީލަތުގެ ކޯލްތަކެއް، ސަމާލުވުމަށް އެދިއްޖެ

ހައްޖު ޖާގަ ކަށަވަރު ކުރުމަށްކަމަށް ބުނެ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ހީލަތުގެ ފޯނު ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ. ހައްޖު ކޯޕަރޭޝަނުން މިއަދު ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށްކަމަށް ބުނެ އެ ކޯޕަރޭޝަންގެ ނަމުގައި އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށްއެދި ހީލަތުގެ ފޯނު ކޯލުތަކެއް ބަޔަކު ކުރަމުން އަންނަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކަމާއި ސަމާލުވުމަށް އެދޭ ކަމަށެވެ. ހައްޖު ކޯޕަރޭޝަނުން ބ...

ޙައްޖު ކޯޕަރޭޝަން ދެ ޑީ އެމްޑީން އައްޔަނުކޮށްފި
Raajje

ޙައްޖު ކޯޕަރޭޝަން ދެ ޑީ އެމްޑީން އައްޔަނުކޮށްފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް ދެ ބޭފުޅަކު އައްޔަނުކޮށްފިއެވެ. އެ މަގާމަށް އައްޔަނުކޮށްފައި ވަނީ ޢަލީ ޝަރީފް އަދި މުޙައްމަދު ޝިހާބެވެ. މީގެ ތެރެއިން މުޙައްމަދު ޝިހާބަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މުޙައްމަދު ޝަކީލެވެ. ޙައްޖު ކޯޕަރޭޝަނަކީ ޙައްޖުގެ ޚިދުމަތްތައް ރައްޔިތުންނަށް ފެންވަރު ރަނގަޅު ގޮތުގައި ލުއި...

ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް
Raajje

ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް

ރާއްޖެއަށް ލިބޭ ހުރިހާ ރަސްމީ ހައްޖު ކޯޓާއެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސްގެ މި ނިންމެވުން ހާމަކުރެއްވީ  މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު  މުޙައްމަދު ޝަހީބު އެވެ. އިސް ތަރުޖަމާނުގެ މި ނޫސްވެރިންގެ ބައްދަލުވުމަކީ،  މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންތައްތަކާއިގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވެވި ބައްދަލު...