ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި އެ ކުންފުނީގެ ޙަވާލުގައި މި އަހަރު ރަމަޟާން މަހު ޢުމުރާއަށް ގޮސްހުރި، މީހަކު މިއަދު ހެނދުނު މައްކާގައި ވަނީ ނިޔާވެފަވެއެވެ.
ނިޔާވެފައި ވަނީ ފަރީދާ އާދަމް، ދަފްތަރު ނަންބަރު ރސ 9079، އެވެ.
ހައްޖު ކޯޕަރޭޝަނުން ވަނީ މި ހިތާމާގައި މަރުޙޫމާގެ ޢާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!