ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1445 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތުވަނީ ދެވިފައި ކަމަށެވެ.
1445 ވަނަ އަހަރުގެ ރަސްމީ 1000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން އެހީތެރިންގެ ގޮތުގައި ބައިވެރިވި ހައްޖު ކޯޕަރޭޝަންގެ 3 މުވައްޒަފުން ފިޔަވާ ހުރިހާ ހައްޖުވެރިން މައްކާއަށް ގޮސް އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވާކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.
''ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ.'' ޝަކީލް ވިދާޅުވެފަވެއެވެ.
1445 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތުވަނީ ދެވިފައި. އަދި 1445 ވަނަ އަހަރުގެ ރަސްމީ 1000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން އެހީތެރިންގެ ގޮތުގައި…
— Mohamed Shakeel 🇲🇻 (@schakyyl) June 8, 2024
ދިވެހި ހައްޖުވެރިން ހައްޖަށް ގެންދަން މިއަހަރު ނިންމާފައި ވަނީ ޖުމްލަ ހަތަރު ފްލެއިޓެއްގައެވެ. އޭގެ ތެރެއިން ތިން ފްލައިޓެއްގައި ތިން ގްރޫޕް މިހާތަނަށް މައްކާއަށް ގޮސްފައިވާއިރު ފަހު ފްލައިޓްގައި ފަހު ގްރޫޕް މާދަމާ ފުރާނެއެވެ.
މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބުނީ މިދިޔަ ދެ އަހަރެކޭ އެއްގޮތަށް ހައްޖު ކޯޕަރޭޝަނެވެ. ރާއްޖެ އަށް ލިބިފައިވާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ.
މިފަހަރު ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާ އިން، ފަގީރުންގެ ދަފްތަރުގައި ހިމެނޭ 50 މީހުންނަށް ސަރުކާރުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ވަނީ ހަމަޖައްސަވާދެއްވާފައެވެ. އެ މީހުން ވަނީ މި މަހުގެ 7 ވަނަ ދުވަހު ފުރާފައެވެ.
މިއަހަރުގެ ޙައްޖު ދުވަހަކީ 15 ޖޫން 2024 ވާ ހޮނިހިރު ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!