މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ދެވަނަ ގްރޫޕް މިއަދު ފުރައިފިއެވެ.
ރާއްޖޭގެ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް 31 މެއި 2024 ގައި ފިރާފައިވާއިރު އެ ގްރޫޕްގައި 296 ހައްޖާޖީން ވަނީ މައްކާއަށް ގޮސްފައެވެ. މިއަދު ފުރި ދެވަނަ ގްރޫޕްގައި 354 ހައްޖާޖީން ފުރިއެވެ.
ދިވެހިރާއްޖޭގެ ހައްޖު މިޝަނުން ލަފާކުރާގޮތުގައި މިއަދު ފުރި ގްރޫޕް ދަތުރުކުރާ ފްލައިޓަށް ޖިއްދާ އެއާޕޯޓަށް ޖެއްސޭވަރުވާނީ ރާއްޖެ ގަޑިން މިރޭ 21:21 ހާއިރުއެވެ. އެއީ މައްކާގެ ގަޑިން 19:21 އެވެ.
މިއަހަރު ދިވެހި ހައްޖުވެރިން ހައްޖަށް ގެންދަން ނިންމާފައި ވަނީ ޖުމްލަ ހަތަރު ފްލެއިޓެއްގައެވެ. އޭގެ ތެރެއިން ބާކީ ދެ ފްލައިޓް ދެން އޮންނާނީ ޖޫން 7 އަދި ޖޫން 10 ވަނަ ދުވަހުއެވެ.
މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބުނީ މިދިޔަ ދެ އަހަރެކޭ އެއްގޮތަށް ހައްޖު ކޯޕަރޭޝަނެވެ. ރާއްޖެ އަށް ލިބިފައިވާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ.
މިފަހަރު ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާ އިން، ފަގީރުންގެ ދަފްތަރުގައި ހިމެނޭ 50 މީހުންނަށް ސަރުކާރުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ވަނީ ހަމަޖައްސަވާދެއްވާފައެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ 16 ވާ އާދީއްތަ ދުވަހާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!