ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދައުރުގެ ތެރޭގައި 1000 ދިވެހި ރައްޔިތުން، ސަރުކާރުގެ ޚަރަދުގައި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފޮނުވަން ނިންމަވާފައިވާއިރު، އޭގެ ތެރެއިން މިއަހަރު ހައްޖަށް ފޮނުވާ މީހުން މިއަދު ފުރައިފިއެވެ.

ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1000 ދިވެހި ރައްޔިތުން، ރިޔާސީ މި ދައުރުގައި ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

Ad
rt

މި ވަޢުދުފުޅުގެ ދަށުން މިއަހަރު ހައްޖަށް ފޮނުވަނީ 50 މީހުންނެވެ.

ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރަށްވާފައިވާ ގޮތުގައި ސަރުކާރުން ޙައްޖަށް ގެންދާނެ މީހުން ކަނޑައެޅުމަށް ފަގީރުންގެ ލިސްޓުގައި މިދިޔަ އަހަރު ތިބި މީހުންގެ ތެރެއިން ޝަރުޠު ހަމަވާ 982 މީހުންނާއި ވަނީ އިންޓަރވިއުކޮށްފައެބެ. އެމީހުންގެ ތެރޭގައި ޝަރުތު ހަމަވާ 667 މީހުން ތިބިއިރު، މިއަހަރު ފޮނުވާ 50 މީހުން ހޮވާފައިވަނީ ގުރުއަތުންނެވެ.

ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ސައޫދީ ސަރުކާރުން އަހަރަކަށް ދޫކޮށްފައި ވަނީ 1000 ކޯޓާއެވެ.