ޚިދުމަތްތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން "ހޯރަފުށީ ޑޭ" ނަމުގައި ހާއްސަ ދުވަހެއް ފާހަގަކުރަނީ
ހއ. ހޯރަފުއްޓަށް އެކިދާއިރާތަކުން ފާހަގަ ކޮށްލެވޭފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން “ހޯރަފުށީ ޑޭ” ނަމުގައި ދުވަހެއް ފާހަގަ ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ދުވަސް ފާހަގަ ކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ މި އަހަރުގެ މެއި މަހުގެ 17 ވާ އަންގާރަ ދުވަހުއެވެ. އެ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި މިފަދަ ދުވަހެއް ފާހަގަކޮށް އެވޯޑް ދިނުމުގެ ބޭނުމަކީ ތަފާތު ދާއިރާ ތަކުން ދިގު މުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް […]