ހޯރަފުށީ މަގުތަކުގައި އަނބު ގަސް އިންދުމުގެ ހަރަކާތެއް
ހއ. ހޯރަފުށީ މަގުތަކުގައި އަނބު ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މި ހަރަކާތުގެ ދަށުން 77 އަނބު ގަސް އެރަށުގެ މަގުތަކުގައި ވަނީ އިންދާފައެވެ. މީގެ އިތުރުން ހޯރަފުށި ފެހި ކުރުމުގެ ފުރަތަމަ ހަރަކާތުގެ ތެރެއިން 44 އަނބު ގަސް އިންދާފައިވާކަން އެ ކައުންސިލުން ވަނީ ފާހަގަ ކުރަށްވާފައެވެ. ހޯރަފުށީގެ މަގުތަކުގައި އަނބު ގަސް އިންދުމަށް މިފަހަރު ހިންގި މި ހަރަކާތަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) [...