ތިލަދުންމަތި ހޯރަފުށީގައި ގެސްޓު ހައުސް އަޅައި، ހިންގާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

ހޯރަފުށި ކައުންސިލް އިދާރާއިން ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ރަށުގެ ޓޫރިޒަމް ޒޯނުން ގެސްޓްހައުސް އަޅަން ބިންތަކެއްކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ލީޒް، ޑިވެލޮޕްމެންޓް އެންޑް އޮޕަރޭޝަން އުސޫލުން ހިންގުމަށް ހަ ގެސްޓްހައުސް ތަރައްގީ ކުރަން ހުޅުވާލާ ކަމަށް ވަނީބުނެފައެވެ.

Ad
rt

ގެސްޓްހައުސް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ޕްރީ ބިޑް ސެޝަންގައި ބައިވެރިވުމަށް ރެޖިސްޓްރީވާން ޖެހޭނެއެވެ. މިފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

މި ޕްރޮޖެކްޓުގެ ބިޑް ޑޮކިޔުމެންޓުގެ އަގަކީ 500 ރުފިޔާއެވެ. ބިޑް ހުށަހަޅަން ޖެހެނީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 1:00 އަށް ހޯރަފުށީ ކައުންސިލަށެވެ. ބިޑުހުށަހަޅަން ޖެހޭނީ ކޮންމެ ބިމަކަށް ވެސް ވަކިންނެވެ.

ހޯރަފުށީގައި ގެސްޓްހައުސް އެޅުމަށް ހަ ބިމެއް ދޫކުރަން ނިންމި އިރު މީގެ ކުރިން ވެސް ވަނީ ގެސްޓް ހައުސް ތަރައްގީ ކުރަން ހަތް ބިމެއް ދޫކޮށްފައެވެ.