ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުންކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެފި އެވެ.

އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހއ. އަތޮޅުގެ 12 ރަށު ކައުންސިލުން ކަމަށެވެ.

Ad
rt

އެގޮތުން ބައްދަލުވުން ބޭއްވި 12 ރަށު ކައުންސިލަކީ:

1- ތުރާކުނު ކައުންސިލްގެ އިދާރާ
2- އުލިގަމު ކައުންސިލްގެ އިދާރާ
3- މޮޅަދޫ ކައުންސިލްގެ އިދާރާ
4- ހޯރަފުށީ ކައުންސިލްގެ އިދާރާ
5- އިހަވަންދޫ ކައުންސިލްގެ އިދާރާ
6- ކެލާ ކައުންސިލްގެ އިދާރާ
7- ވަށަފަރު ކައުންސިލްގެ އިދާރާ
8- ދިއްދޫ ކައުންސިލްގެ އިދާރާ
9- މާރަންދޫ ކައުންސިލްގެ އިދާރާ
10- ތަކަންދޫ ކައުންސިލްގެ އިދާރާ
11- އުތީމު ކައުންސިލްގެ އިދާރާ
12- ބާރަށު ކައުންސިލްގެ އިދާރާ

މި ބައްދަލުވުން ނުބާއްވަނީ އެއަތޮޅޫ ފިއްލަދޫ އާއި މުރައިދޫ ކައުންސިލް އިދާރާއިންނެވެ.

އެގޮތުން މި ރައްޔިތު ބައްދަލުވުންތަކަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުން ބޭއްވި ކައުންސިލްތަކުގެ މަޢުލޫމާތު ޤާނޫނު ނަންބަރ: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 107 ވަނަ މާއްދާގައިވާގޮތުގެ މަތިން، ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބުރުވަރީ މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަ ޖެހެއެވެ.

ހއ.އަތޮޅުގެ މި 12ރަށު ކައުންސިލުން އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، ހއ .އަތޮޅު ކައުންސިލްގެ ފަރާތުން ވަނީ އެ 12 ކައުންސިލަށް މަރުޙަބާ ދަންނަވާފަ އެވެ.