ހއ. ހޯރަފުށީ ކުނިކޮށި ފިޔަވައި އިތުރު ސަރަހައްދުތަކަށް ކުނި އެޅުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ.
މިގޮތުން ހޯރަފުށީ ކައުންސިލްއިން ނެރެފައިވާ އިޢުލާންގައި ބުނެފައިވަނީ، އާންމުކޮށް ކުނި އަޅަމުން އަންނަ ސަރަހައްދު މިހާރު ސާފުކޮށްފައިވާކަށާއި، ކުނިކޮށި ފިޔަވައި އިތުރު ސަރަޚައްދުތަކަށް ކުނި އަޅާ ފަރާތްތަކާއި މެދު ކުނި އުކާލުމާއި ކުނި ނައްތާލުމުގެ ޤާނޫނުގައި ބުނެފައިވާގޮތަށް އަމަލުކުރާނެކަމަށެވެ.
އެރަށު ކުނިކޮށްޓަށް ކުނި އެޅުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ހެނދުނު 6:00 އިން ހަވީރު 18:00 އަށެވެ. އަދި 18:00ގެ ފަހުން ކުނި އަޅުމަކީ މަނާކަމެއްކަމަށާއި 18:00ގެ ފަހުން ކުނި އަޅާ ފަރާތްތަކަށް، ކުނި ހިފައިގެންދާ ޕިކަޕްތަކުގެ ވެރިންނަށާއި، ޑްރައިވަރުންނާއި ދޭތެރޭ ފިޔަވެޅުއެޅޭކަމަށް އިޢުލާންގައި ބުނެފައިވެއެވެ.
މީގެއިތުރުން ބަދިގެ ކުނި ނުވަތަ ކުނިވާ ޒާތުގެ ކުނި ޕްލާސްޓިކް ކޮތަޅުގައި މޫދަށް އެއްލާލުމާއި، ކުނި އުކަން ހަމަޖައްސާފައިވާ ސަރަހައްދު ފިޔަވައި އިތުރު ސަރަހައްދުތަކަށް މިފަދަ ކުނި އެޅުމަކީ މަނާކަމެއްކަމުގައި ކައުންސިލުން އަންގާފަވެއެވެ.
ކުނި އުކާލުމަށް ކަނޑައަޅާފައިވާ ކުނިކޮށި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކަށް ކުނި އަޅަމުންދާ ފަރާތްތަކާއި މެދު ކުނިއުކާލުމައި ކުނި ނައްތާލުމާއި ބެހޭ ޤަވައިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށްވެސް ހޯރަފުށީ ކައުންސިލްގެ ޢިއުލާންގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!