ހދ. އަތޮޅު 7 ރަށެއްގެ ރައީސް އެމްޑީޕީ އަށް، ޕީއެންސީ އަށް 2 އަމިއްލަ 2
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން 7 ރަށެއްގެ ކައުންސިލް ރައީސްކަން އިދިކޮޅު އެމްޑީޕީއިން ކާމިޔާބުކޮށްފި އެވެ. ވަގުތީ ނަތީޖާތައް ދައްކާގޮތުން، ސަރުކާރު ހިންގާ ޕީއެންސީ އަށް 2 ގޮނޑި ލިބިފައިވާއިރު އަމިއްލަ ގޮތުން ވާދަކުރި 2 ބޭފުޅުންވެސް 2 ރަށެއްގެ ރައީސްކަން ކާމިޔާބުކޮށްފައިވެއެވެ. އެމްޑީޕީން ހދ. އަތޮޅުގެ މެޖޯރިޓީ ހޯދާފައިވާއިރު، އެ ޕާޓީން ގޮނޑިތައް ކާމިޔާބުކުރި ރަށްތަކުގެ ތެރޭގައި ހަނިމާދޫ، ކުމުންދޫ، ވައިކަރަދޫ، މަކުނުދޫ، ފިނޭ، ނައިވާދޫ އަދި ނެއްލައިދ...