ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުން ދަތުރުކުރާ ދަތުރުވެރިންނަށް ޚާއްޞަކޮށްގެން ''ވެށި ޓުއާ'' ދަތުރުތައް އެ އަތޮޅުގައި ފަށަން ހދ. އަތޮޅު ކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމަނައިފިއެވެ.

ހދ. އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި އެ ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާކަންކަން ހިމަނާފައިވާއިރު، އެ އަތޮޅުގެ ތަރައްޤީއަށް އެ އަތޮޅުގެ ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުން ދަތުރުކުރާ ދަތުރުވެރިންނަށް ޚާއްޞަކޮށްގެން ''ވެށި ޓުއާ'' ދަތުރުތައް ފަށަން އަތޮޅު ކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމަނާފައިވާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުން ދަތުރުކުރާ ދަތުރުވެރިންނަށް ޚާއްޞަކޮށްގެން ''ވެށި ޓުއާ'' ދަތުރުތައް ފަށަނީ، އެ އެއާޕޯޓު މެދުވެރިކޮށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަގޮތެއްގައި ރަށްރަށަށް ދެވޭނެ ގޮތް ހެދުމަށް ކަމަށް އަތޮޅު ކައުންސިލުން ބުނެފަވެއެވެ.

މީގެ އިތުރުން މި ކަމަކީ، އަތޮޅުގައި ލޯކަލް ޓޫރިޒަމް ފައްކާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުންނާއެކު ކުރަން ނިންމާފައިވާ ކަމެއްކަމަށް ބުނެފަވެއެވެ.

ހދ. އަތޮޅު ކައުންސިލްގެ މަސައްކަތު ތާވަލުގައި ވަނީ ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް އިތުރު ބައެއް ކަންކަން ވެސް ހިމަނާފައެވެ. މިގޮތުން ކުޅުދުއްފުށީ ސިޓިގައި ހުންނަ ''ހދ. ސްޓޭޓް ހައުސްގައި އިތުރު ކޮޓަރި ތަރައްޤީ ކުރުމާއި، ހދ. ރަށްވެހިގެ ތްރީ ނުވަތަ ފައިވް ސްޓާ ފެންވަރު ހޮޓަލެއް ގޮތުގައި ތަރައްގީ ކުރުމަށް ވެސް ވަނީ ނިންމާފައެވެ. ރަށްވެހިގެ ތަރައްގީ ކުރަން މިހާރު ވަނީ ބީލަމަށް ވެސް ހުޅުވާލައިފައެވެ.

ހދ. އަތޮޅު ކައުންސިލުން ބުނީ އެ ކައުންސިލުން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ އަތޮޅުގެ ރައްޔިތުންގެ ލާބައާއި މަންފާ އަށްކަމަށެވެ.

ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުން ދަތުރުކުރާ ދަތުރުވެރިންނަށް ޚާއްޞަކޮށްގެން ''ވެށި ޓުއާ'' ދަތުރުތައް އެ އަތޮޅުގައި ފަށަން ހދ. އަތޮޅު ކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމަނާފައިވާއިރު، 2020 ވަނަ އަހަރު ޑިސެމްބަރު މަހު 12 ވަނަ ދުވަހު، ތިލަދުންމަތީގެ ބައެއް ރަށްރަށް ބަލާލުމުގެ ފުރުޞަތު ފަހިކޮށް ދިނުމަށް، ''ތިލަދެކުނު ވެށިޓުއަރ'' ގެ ނަމުގައި ކޮންމެ ހަފްތާ ބަންދެއްގައި ދަތުރުތަކެއް އޭރު އޮތް އަތޮޅު ކައުންސިލުން ވެސް ފެށި އެވެ.