ލާމަރުކަޒީއޭ ކިޔަސް ކަންކަން ކުރުމުގެ ބާރު އޮތީ އަމިއްލަ އިޚްތިޔާރަކުނޫން: ސިރާޖް
ލާމަރުކަޒީއޭ ކިޔަސް ކަންކަން ކުރުމުގެ ބާރުއޮތީ އަމިއްލަ އިޚްތިޔާރަކުނޫން ކަމަށް ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖް ވިދާޅުވެއްޖެއެވެ. ހދ. އަތޮޅަށް ނިސްބަތްވާ ފަރާތްތަކަކުން އިސްނަގައިގެން ކްލަބް ހައުސް އެޕްލިކޭޝަން މެދުވެރިކޮށް ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ބައްދަލުވުމުގެ މައުލޫކަމަށްވާ “ސަރަހައްދީ ބާރުވެރިކަން”އަށް އިޝާރާތް ކުރައްވައި ސިރާޖް ވިދާޅުވީ، ބާރުވެރި ނުވެގެން މިއުޅެނީ ކޮންކަމަކުން ކޮންގޮތަކުންތޯ އޭނާ ހިތަށް އަރާ ވަޑައި ގަންނަވާ ކަމަށެވެ. “...