ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި މިހާރު ކުރިޔަށްދާ އަންހެން ޑިވިޜަންގެ ދެވަނަ ސެމީގައި ފިނޭ ބަލިކޮށް ހަނިމާދޫ ފައިނަލްގެ ދެވަނަ ޖާގަ ހޯދައިފިއެވެ.

މި މެޗު ހަނިމާދޫ ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ.

Ad
rt

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ސެޓުތަށް ހަނިމާދޫއިން ގެންދިޔައީ، ފުރަތަމަ ސެޓް 25-23 ދެވަނަ ސެޓް 26-24 އަދި ތިންވަނަ ސެޓް 25-23 ން ނެވެ.

މެޗުގެ މޮޅުކުޅުން ތެރިޔާއަށް ހޮވިފައިވަނީ ހަނިމާދޫ ޓީމުގެ ޖާރޒީ ނަމްބަރ 14 އައިޝަތު ރީޝާ އެވެ. މޮޅުކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން ނޮޅިވަރަންފަރު ކައުންސިލް މެމްބަރ އަމީނާ މުހައްމަދު އެވެ.

މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް އޮންނާނީ މިމަހު 22 ވާ ހޮނިހިރު ދުވަހު 16:00 ގައި ނޮޅިވަރަންފަރު ވޮލީ ކޯޓުގައެވެ. ފައިނަލްގައި ބައްދަލު ކުރާނީ ނޮޅިވަރަންފަރު ލައިކަން އަދި ޓީމް ހަނިމާދޫ އެވެ.

މި މުބާރާތަކީ ހދ. އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކަށާއި ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށް ބައިވެރި ވެވޭގޮތަށް ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.