ތިލަދުންމަތީގެ އަތޮޅުތަކުން ތިން ރަށެއް އަންނަ ހަފްތާގައި ފަތުރުވެރިކަމަށް ހުޅުވާލާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެފައި ވަނީ ތިލަދުންމަތިން ތިން ރަށެއް އަންނަ ހަފްތާގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

Ad
rt

މި މަހުގެ 18 ވަނަ ދުވަހު ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ގޮސްފައިވާކަން ފާހަގަ ކުރައްވަމުން އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، އެ އާޕޯޓު ތަރައްގީކުރެވި ހިނގައިގަތުމުން އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ 8000 އެނދު ތަރައްގީވެގެން ދިޔުމަކީ އުންމީދެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ސަރަހައްދުން ތިން ރަށެއް ފަތުރުވެރިކަމަށް ހުޅުވާލަން ނިންމާފައި ވަނީ އެންމެ އުތުރުގެ ހއ. އަދި ހދ. އަތޮޅުންނެވެ.

މިވަގުތު ހއ. އަތޮޅުގައި ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ދެ ރިސޯޓެއް އެބައޮތެވެ. ނަމަވެސް ހދ. އަތޮޅުގައި އަދި އޮތީ 80 ކޮޓަރިއާ އެކު ހިންގަމުން އަންނަ ހޮނޑާފުށި އައިލެންޑް ރިސޯޓް އެކަންޏެވެ.