ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ "ތިލަދެކުނު ފުޓްސަލް މުބާރާތް 2025" ގެ ގުރުއަތުލުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

ހދ. އަތޮޅު ކައުންސިލުން ބުނިގޮތުގައި މިމުބާރާތުގެ ފިރިހެން ޑިވިޜަންގައި 9 ޓީމު އަދި އަންހެން ޑިވިޜަންގައި 5 ޓީމު ބައިވެރިވެފައިވެފައިވެއެވެ.

Ad
rt

ހދ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ''ތިލަދުން'' އަށް ވިދާޅުވީ، މި މުބާރާތަށް ނައިވާދޫ މިހާރު ދަނީ ތައްޔާރުވަމުން ކަމަށެވެ. މިގޮތުން މުބާރާތަށް ދަނޑު ތައްޔާރުކުރުމާއި، ޓީމުތަކަށް މަރުޙަބާ ކިޔުމުގެ އިންތިޒާމްތައް މިހާރު ހަމަޖައްސަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޜަންގައި ބައިވެރިވި ޓީމުތައް

  • މަގުލަސް ކްލަބް - ކުޅުދުއްފުށި ސިޓީ
  • ޓީމް ހަނިމާދޫ - ހަނިމާދޫ
  • އަޅޭ ސްޕޯޓްސް ކްލަބް - ނައިވާދޫ
  • ޓްރޭނާސް ސްޕޯޓްސް ކްލަބް - ނައިވާދޫ
  • ބީޗު ސިޓީ ސްޕޯޓްސް ކްލަބް - ކުމުންދޫ
  • ނިކަ ސިޓީ ސްޕޯޓްސް ކްލަބް - ނެއްލައިދޫ
  • އީސްޓް ވިންގް ސްޕޯޓްސް ކްލަބް - ނެއްލައިދޫ
  • ކްލަބް ޑޮމިނޭޓާސް - ހިރިމަރަދޫ
  • ޑެޒަޔަރ ކްރޫ ސްޕޯޓްސް (ވީއައިއީ) - ފިނޭ

މިމުބާރާތުގެ އަންހެން ޑިވިޜަންގައި ބައިވެރިވި ޓީމުތައް

  • ޓީމް ހަނިމާދޫ - ހަނިމާދޫ
  • ޑެޒަޔަރ ކްރޫ ސްޕޯޓްސް (ވީއައިއީ) - ފިނޭ
  • ޓްރޭނާސް ސްޕޯޓްސް ކްލަބް - ނައިވާދޫ
  • ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް - ނޮޅިވަރަންފަރު
  • ކުމުންދޫ ސްޕޯޓްސް ކްލަބް - ކުމުންދޫ

މި މިބާރާތް ހުޅުވާނީ ހަނިމާދޫ އާއި ފިނޭގެ އަންހެން މެޗުންނެވެ. މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުމުންދޫގެ ބީޗު ސިޓީ ސްޕޯޓްސް ކްލަބާއި، ނެއްލައިދޫގެ ނިކަ ސިޓީ ސްޕޯޓްސް ކްލަބް އެވެ.

މި މުބާރާތް ކުރިޔަށްދާނީ 2025 ޑިސެމްބަރ 2 ން 11 އަށް ހދ. ނައިވާދޫގައެވެ.

ހދ. އަތޮޅު ކައުންސިލުން ވަނީ މިދިޔަ ސެޕްޓެމްބަރުގައި ނައިވާދޫގައި "ތިލަދެކުނު ވޮލީ މުބާރާތް 2025" ބާއްވާފައެވެ. މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަނަކީ ނޮޅިވަރަމް ޒުވާނުންގެ ގުޅުމެވެ. އަންހެން ޗެމްޕިއަނަކީ ހަނިމާދޫ ސާއްބައެވެ. ފިރިހެން ފައިނަލްގައި ނޮޅިވަރަމް ޒުވާނުންގެ ގުޅުމާއި ބައްދަލުކޮށްފައި ވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއެވެ. އަންހެން ފައިނަލްގައި ހަނިމާދޫ ސާއްބަ އާއި ވާދަކޮށްފައި ވަނީ ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް އެވެ.