ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023" ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ ނޮވެމްބަރ މަހު ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވާ މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހދ. އަތޮޅުގެ ރަށު ކައުންސިލްތަކަށާއި ކްލަބް ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ.
މުބާރާތް ހޯސްޓް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައުން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ސަބްމިޓް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ޝީޓް ފޮނުވުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ހޯސްޓް ކުރުމާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހު 11:00 ގައި އެ ކައުންސިލް އިދާރާގައެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަނި ދިނުމަށް ނިންމާފައިވާއިރު، ޕްރޮޕޯސަލްތައް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު 11:00 ގައި އެ އަތޮޅި ކައުންސިލް އިދާރާގެ މީޓިން ހޯލުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!