ނަތަންޔާހޫއަށް ބޮޑު ލަދެއް، ނުރުހުމުގެ އަޑުތަކާއެކު މަންދޫބުން މާލަން ދޫކޮށް ދިޔުމުން ވާހަކަދައްކަން ޖެހުނީ ހުސް ގޮނޑިތަކާ
އދ. އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ކުރަން ޕޯޑިއަމްކައިރިއަށް ޖެހިލުމާއެކު، ގިނަ ގައުމުތަކެއްގެ ދިޕްލޮމޭޓުން އޭނާއަށް ނުރުހުން ފާޅުކޮށް މާލަމުން ނުކުމެޖެއެވެ. 100 އަށްވުރެ ގިނަ ދިޕްލޮމޭޓުން ހިމެނޭ ގޮތަށް އެތައް ގައުމެއްގެ މަންދޫބުން ވަނީ ތެދުވެ، އަޑުގަދަކޮށް ނުރުހުމުގެ އަޑުތައް ލައްވަމުން އާންމު މަޖިލީހުގެ މާލަން ދޫކޮށް ގޮސްފައެވެ. މިއާއެކު ނަތަންޔާހޫ ތަގުރީރު ކުރަން ޖެހުނީ ގިނަ ގޮނޑިތަކެއް ހުސްކޮށް އޮތް މާލަމެއްގައެވެ. މި ބޮއިކޮޓްގައި މަދުވެގެން 77 ގައ...