އިޒްރާއީލްގެ ޖެރުސެލަމްގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި، ފަލަސްތީނުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ޖެރުސެލަމްގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓުރޯލް ކުރެވިފައިވަނީ 3 ދުވަސްވަންދެން އިސްރާއީލް ސިފައިންނާއި ފަޔާފައިޓަރުން ކުރި މަސައްކަތުންނެވެ. ފަލަސްތީނުންވަނީ ފަޔާފައިޓަރުންގެ 4 ޓީމެއް އަލިފާން ނިއްވުމުގައި އެސަރަޚައްދުގައި ހަރަކާތްތެރިވެފަ އެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިއީ އެސަރަހައްދުގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ.
އެސަރަހައްދުގެ ފަރުބަދަތަކާއި ޓައުންތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ވަނީ އިޒުރާއިލްގެ ސަރުކާރުން ކޮށްފަ އެވެ.
ފަލަސްތީނުގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު ލެފްޓިނަލް ކާނަލް އައްޒަ ހާމަކޮށްފައިވާ ގޮތުގައި މިއީ މިކަހަލަ ބޮޑު ހާދިސާއެއް ހިނގައިގެން ފަލަސްތީނުން އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދީފައިވާ 4 ވަނަ ފަހަރެވެ.
ފަލަސްތީނުން ފޯރުކޮށްދީފައިވާ އެހީއަށް އިސްރާއީލްގެ ޑިފެންސް މިނިސްޓަރ ބެނީ ގާންޓްޒް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެގޮތުން 2010 ވަނަ އަހަރު ކެމަލް ޖަންގަލީގައި ރޯވި އަލިފާންގަނޑު ނިއްވުމުގައިވެސް ފަލަސްތީނުގެ ސިވިލް ޑިފެންސްގެ 21 ފަޔަރ ފައިޓަރސް އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެކަމަށް އޭނާ ހާމަކުރެއްވިއެވެ. އެހާދިސާގައި 44 މީހުން މަރުވެފައިވެއެވެ. އަދި 20 މޭލުގެ ހިސާބެއްގައި ފަލަސްތީނުން ޚަރަކާތްތެރިވެ އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޚަބަރުތައްބުނެއެވެ.
כבאיות של הרשות הפלשתינית עושות את דרכן לסייע בכיבוי השריפות בהרי ירושלים. תודה על שיתוף הפעולה! מעריכים. pic.twitter.com/rhtsYvGd6c
— יאיר לפיד - Yair Lapid (@yairlapid) August 17, 2021
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!