ފަލަސްތީނުގެ މައްސަލައަކީ އަޅުގަނޑުމެންގެ ހިތާއި ގުޅިފައިވާ މައްސަލައެލެވެ. ފަލަސްތީނީންނަށް އެމީހުންގެ ބިމުގައި ހަމަޖެހިލައިގެން ދިރިއުޅެވޭނެ ދުވަސް އަޅުގަނޑުމެން އެންމެވެސް ދެކެންބޭނުމެވެ.

ހައްދުފަހަނައެޅި އިސްތިއުމާރީ ސިހްޔޫނީ ބަޔަކު ޤުދުސްގެ މާތް ބިމާއި މަސްޖިދުލް އަޤްސާ މިއަދު ހިފައިފާ ވުމުގެ ވޭން އަޅުގަނޑުމެން ދިވެހިންވެސް ކުރަމުއެވެ. ނަމަވެސް އަޅުގަނޑުމެންނަށް މި މައްސަލަ އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟ މި ލިޔުމުގައި ބަލާލާނީ މިއަދު ފަލަސްތީނުގެ މައްސަލާއިގައި އާންމުކޮށް ކުރެވޭ 5 ވަރަކަށް ސުވާލާއި އޭގެ ތިލަ ޖަވާބަކަށެވެ.

Ad
d

އިޒްރޭލާއި ފަލަސްޠީނުގެ މައްސަލައިގެ އަސްލަކީ ކޮބާ؟

އިޒްރޭލާއި ފަލަސްޠީނުގެ މައްސަލައާއި މެދު އެންމެ ގިނައިން ދެކެވޭ ގޮތަކީ އެއީ އެއްވަރުގެ ދެފަރާތުގެ (ފަލަސްޠީނާއި އިޒްރޭލް) ދެމެދުގައި ޖެހިގެންއުޅޭ ބިންވެރިކަމުގެ ހައްލެއްނެތް މައްސަލައެއްކަމުކަމުގައެވެ.

ނަމަވެސް ހަޤީޤަތަކީ މިއީ ދުނިޔޭގެ އެންމެ ބާރުގަދަ އަދި އެންމެ ގިނަ ފައިސާގެ އެހީ ލިބޭ އަސްކަރިއްޔާ އޮތް ދައުލަތާއި އެބިމަކުން އެތަކެއް އަހަރު ކުރިން ފަހާލެވި އަރުވާލެވި ވަޒަނާއި ވަޠަން އަތުލެވިފައިވާ އެބިމުގެ އަސްލު އަހުލުންނާއި ދެމެދު ހިނގާ ހަމަނުޖެހުމެއްކަމެވެ.

ހިފައިފައިވާ ބިންތައް ނުވަތަ އޮކިއުޕޭޝަނަކީ ކޮބާ؟

އޮކިއުޕޭޝަން ނުވަތަ ހިފައިފައިވާ ބިން މިބަސް ޢާއްމުގޮތެއްގައި ބޭނުންކުރެވެނީ 1967 ވަނަ އަހަރުކުރެވުނު ހަނގުރާމައިގައި އިސްރާއީލުގެ އަސްކަރީ ބާރުގެ ދަށަށް ގެނެވިފައިވާ ވެސްޓް ބޭންކް، އުތުރު ޤުދުސް، ގޯލަން ހެއިޓްސް އަދި ޢައްޒާ އަށެވެ.

އޮސްލޯ ޤަވައިދުގައިވާގޮތަށް، ފަލަސްޠީނުގެ ކަމާއިބެހޭފަރާތްތަކަށް އެކިއެކި ކަންކަން ހިންގުމަށް ޖާގަދިނުމަށް ވެސްޓުބޭންކް ބައިކޮށް އޭ،ބީ،ސީ މިހެން ބަހައިފައި ވީނަމަވެސް އެހިސާބުގެ މުޅި އަސްކަރީ ކޮންޓްރޯލް އޮންނަނީ އިޒްރޭލުގެ އަތްދަށުގައެވެ.

މިސަރަހައްދަކީ އިޒްރާއީލް ވަޒަންވެރިންގެ ގާތްގަނޑަކަށް ބައިމިލިއަން މީހުން އުޅޭ ސަރަހައްދުވެސްމެއެވެ. 2005 ވަނަ އަހަރު ޣާޒާއިން އިސްރާއީލުގެ ވަޒަންވެރިން ބާލާފައިވާނަމަވެސް އެސަރަހައްދުގެ ބޯޑަރާއި ވައިގެ ސަރަހައްދަށް ބާރުފޯރުވާ އެސަރަހައްދަށް ވަދެވޭނެ އަދި ނުކުމެވޭނޭ އެއްޗެހި ކަނޑައަޅަނީ އިޒްރޭލުންނެވެ. އަދި ދޭތެރެދޭތެރެއިން އިޒްރޭލުގެ އަސްކަރީ ހަރަކާތްތައްވެސް އެތަނުގައި ހިންގައެވެ.

މިއަށްވުރެ ފުޅާކޮށް ބުނާނަމަ އިޒްރޭލުގެ އޮކިއުޕޭޝަން (ބިންހިފުން) ކުރިއަށް ދާގޮތަކީ އަސްކަރީ ވެރިކަމެއް ޤާއިމުކޮށް އޭގެ ބޭނުންކޮށްގެން ފަލަސްޠީނުގެ ރައްޔިތުންގެ މަދަނީ، ސިޔާސީ އިޖްތިމާޢީ އަދި އިޤްތިޞާދީ ހައްގުތައް ފޭރިގަނެ އެމީހުންނާމެދު ރޭވުންތެރިކަމާއެކު ތަފާތުކުރުންތައް ގެންގުޅުމާއި އެއްމެ އަސާސީ މިނިވަންކަމުންވެސް އެމީހުން މަޙްރޫމް ކުރުމެވެ.

ނަކްބާ އަކީ ކޮބާ؟

ނަކްބާ މިބަހުން އިޝާރާތް ކުރަނީ ފަލަސްޠީނުގެ ބިން އިޒްރޭލުން ހިފައިގަނެގެން މިއުޅޭ އުޅުމުގެ ފެށުމަށާއި ފަލަސްޠީނު ރައްޔިތުން އެތަނުން ފަހާލުމަށް ކުރިއަށް ދިޔަ ހަރަކާތަށެވެ. އަދި މިކަން މިހާރުވެސް އަންނަނީ ހިންގަމުންނެވެ. ނަކްބާއަކީ ޢަރަބިބަހެކެވެ. މާނައަކީ ބަލާ ނުވަތަ މުޞީބާތެވެ. އަދި މިބަހަކީ ފަލަސްޠީނުގެ ރައްޔިތުންގެ 700،000 މީހުންނަށް އެމީހުންގެ ވަޒަން ގެއްލުނު ބިރުވެރި ހާދިސާ ސިފަކުރުމަށް ފަލަސްޠީނުގެ ރައްޔިތުން ބޭނުންކުރާނަމެކެވެ.

އިޒްރޭލުގެ ޑިމޮކްރަސީގައި ފަލަސްޠީނު ރައްޔިތުންނާއި މެދު ކަންތައްތައް ބަހައްޓަނީ ކިހިނެތް؟

ނެސެޓް (އިޒްރޭލުގެ ޤާނޫނު ހަދާ މަޖިލީސް) ގައި ފަލަސްޠީނު މެންބަރުންނަށް ޖާގައޮތުމާއިއެކު އެހެނިހެންވެސް އިޒްރޭލުގެ ސިޔާސީ ކަންތައްތަކަށް ވަނުމުގެ ހުއްދަ ފަލަސްޠީނު ރައްޔިތުންނަށް އޮވެއެވެ. އެހެނަސް 50ށް ވުރެ ގިން ޤާނޫނުގެ ދަށުންވަނީ ފަލަސްޠީނުގެ އަރަބި ރައްޔިތުންނަށް ނުލިބޭ އެތައް އިމްތިޔާޒެއް ޔަހޫދީ ރައްޔިތުންނަށް ކަށަވަރުކޮށްދީފައެވެ. (ޢަދާލާ-އަރަބި މައިނޯރިޓީގެ ހައްޤުތަކާއި ބެހޭ މަރުކަޒުން ޢާއްމުކޮށްފައިވާގޮތުން) މިސާލެއްގެ ގޮތުން 1950 ވަނައަހަރުގެ ގައުމަށް އިޢާދަވުމުގެ ޤާނޫންގައި ވާގޮތުން ދުނިޔޭގެ ކޮންމެ ހިސާބެއްގައިވާ ޔަހޫދީއެއްނަމަވެސް އިޒްރޭލުގެ ރައްޔިތަކަށް ވާންއެދޭ ހިނދު ރައްޔިތަކަށް ވެވޭހެން އޮވެފައި އެހައްޤުން ފަލަސްޠީނުގެ ރައްޔިތުން މަޙުރޫމުކުރެއެވެ. ސަރުކާރުގެ ވަސީލަތްތައްވެސް ވަނީ ނަހަމަގޮތުގައި ޔަހޫދީންނަށްބަހާލެވިފައެވެ. މިއީ އިޒްރޭލުގެ މުޖްތަމައުގައި އުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ،އިޖްތިމާޢީ ހުރިހާ މިންގަނޑަކުން ބެލިއަސް، އެންމެ ދަށްފަންތީގެ ދިރިއުޅުމެއް އުޅެންޖެހޭ މައިގަނޑު އެއްސަބަބެވެ.

އިޒްރޭލް އެކަހެރިކުރުމާއި ބޮއިކޮޓްކުރުމާއި ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ހަރަކާތަކީ ކޮބާ؟

Boycott Divestment Sanction BDS އަކީ 2005 ވަނަ އަހަރު ގުޅިފައިވާ ފަލަސްޠީނުގެ މަދަނީ ޖަމްޢިއްޔާތަކުން އިޒްރޭލް ބައިނަލްއަޤްވާމީ ޤާނޫންތަކަށް ބޯލަނބަންދެން އެމީހުންނާއި ދެކޮޅަށް ބީޑީއެސް ނުވަތަ އެކަހެރިކުރުމާއި ބޮއިކޮޓްކުރުމާއ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްނިންމި ނިންމުމެވެ.

Ad
df

އަދި އިޒްރޭލުން ބޯލަނބަންޖެހޭ ބައިނަލް އަޤްވާމީޤާނޫނުގައި ބުނާގޮތަށް ބިންހިފުން ނިމުމަކަށްގެނެސް އިންވަކިކުރާ ފާރުތަޅާލައި ފަލަސްޠީނާއި އިޒްރޭލު ރައްޔިތުންނާއި ތަފާތުކުރުން ހުއްޓާލައި ފަލަސްޠީނުގެ ރައްޔިތުންނަށް އިޙުތިރާމްކޮށް އެބައިމީހުން އެބުރި ވަޒަނަށް އައުމަށް ހިތްވަރުނުދޭހާ ހިނދަކު ބީޑީއެސްގެ އުސޫލުތައްހިފެހެއްޓުމަށް ދުނިޔޭގެ އެހެން ޤައުމުތަކުގެ މަދަނީ ޖަމްޢިއްޔާ ތަކަށް ގޮވާލައެވެ.