ޣައްޒާގެ ގެތަކަށް ބޮން އެޅީ ހަމާސް ޖަމާޢަތް ބަލިނުކުރެވުމުން ކަމަށް އިޒްރޭލު ޕައިލެޓެއް ބުނެފި
ޣައްޒާގެ ގެތަކާއި ޓަވަރުތަކަށް ބޮން އަޅާހަމަލާދިނީ ހަމާސް ޖަމާއަތުގެ ރޮކެޓް ހަމަލާތަށް ނުހުއްޓުވުމުން ކަމަށާއި އަދި ހަމާސް ޖަމާޢަތުގެ ބޮޑުންނަށް ހަމަލާ ނުދެވުމުންކަމަށް ޣައްޒާއަށް ދިން ހަމަލާތަކުގައި އަމަލީގޮތުން ބައިވެރިވި ޕައިލެޓެއް ބުނެފިއެވެ. އޭނާ މިހެން ބުނީ އިޒްރޭލު ޓީވީ ޗެނަލެއް ކަމަށްވާ ‘ޗެނެލް 12’ އަށް ދިން އިންޓަރވިއުގައެވެ. މި ހަމަލާތަކުގައި އިޒްރޭލުގެ ހައްދުފަހަނައެޅި އިސްތިއުމާރީ ބާރުތަކުން ޣައްޒާގެ މީހުން ދިރިއުޅޭ 9 ޓަވަރަކަށް ބޮން އަޅާ ބިމާ ހަމަކޮށްލާފައިވާއިރު މީގެ ތެރޭ ބައިނަލްއ...