ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ސީއެސްއާރްގެ ދަށުން ފަލަސްތީނަށް 500،000 ހަދިޔާކޮށްފިއެވެ.
ސްޓެލްކޯ އިން މީޑިއާ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާ އިން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން 500،000.00 (ފަސްލައްކަ ރުފިޔާ) ހަދިޔާކޮށްފައިވާ ކަމަށެވެ.
"އަހަރުމެން ފަލަސްތީނާއެކު ފަންޑަށް" މި ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައި ވއއެވެ.
އެގޮތުން ސްޓެލްކޯ ބޯޑު ރޯމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން މި ފައިސާގެ އެހީގެ ޗެކް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްދެއްވީ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް ކަމަށާއި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ޗެކާ ހަވާލުވެލެއްވީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ޗެއާމަން އަހުމަދު އިގްބާލް ކަމަށް ސްޓެލްކޯ އިން ވިދާޅުވެއެވެ.
މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއިންގެ ފަރާތުން ކުރިއަށް ގެންދާ ފަންޑު ހޯދުމުގެ ހަރަކާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެ ކުންފުނީގެ ހެޑް އޮފީހުގެ ލޮބީ ސަރަހައްދުގައި ވެސް ވަނީ ފަންޑުފޮއްޓެއް ބެހެއްޓިފައި ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!