އިސްރާއީލުން، ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯނުން 12.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި ދިވެހި ބައެއް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ.

Ad
d

މި ޓެލެތޯން އޮކްޓޯބަރު މަހުގެ 17 ވީ އަންގާރަ ދުވަހުގެ ހެނދުނު 10:30 ން ރޭގެ 12:00 އާއި ހަމައަށް ކުރިއަށް ގެންގޮސް ނިންމައިލިއިރު، 8300 އަށްވުރެ ގިނަ ޑޮލަރު ވެސް ވަނީ އެހީގެ ގޮތުގައި ޖަމާކޮށްފައެވެ.

ފަންޑަށް ފައިސާ ހޯދުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި އެކިއެކި ޖަމިއްޔާ ޖަމާތްތަކާއި ކުންފުނިތަކާއި ގިނަ އަދަދަކަށް އާއްމުން ބައިވެރިވެފައިވާއިރު، މާލޭގެ އެކި ސަރަޙައްދުތަކުގައި ވެސް ވަނީ ފަންޑު ފޮށި ބަހައްޓާފައެވެ. އަދި ސައިިކަލު ދޮވުމާއި، ކޭކާއި ހެދިކާއާއި އެކި ކަހަލަ ސާމާނު ވިއްކައިގެން ލިބުނު ފައިސާ ވެސް މި ފަންޑަށް ވަނީ ޖަމާކޮށްފައެވެ.

އައިއޭސީ އިން ވިދާޅުވީ މިހައިތަނަށް ލިބިފައިވާ ފައިސާގެ އަދަދު 12.5 މިލިއަނަކީ އޮންލައިން ޓްރާންސެކްޝަންތަކުން ލިބުނު ފައިސާ ކަމަށާއި ފަންޑު ފޮށިތަކުން ލިބުނު ފައިސާ ގުނުމުން މި އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށެވެ.

Ad
df

މި ހަރަކާތުގައި ބައިވެރިވެ އަތޮޅުތަކުގެ ރަށްތަކުގައި ވެސް ވަނީ ފަންޑު ފޮށި ބަހައްޓާ، ފަލަސްތީިނާއި ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.