ހައްދުފަހަނަ އެޅި އިސްރާއީލުން، ފަލަސްތީނު ރައްޔިތުންގެ ގެތަކެއް ބިމާ ހަމަކޮށް ސުންނާފަތި ކޮށްފި އެވެ.
އިސްރާއީލުން ހިޞާރުކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެރިކޯ ސިޓީގެ ކައިރީގައި އޮންނަ އަލް ޖިފްލިކް ނަމަކަށް ކިޔާ އަވަށުގައި ހުރި 4 ގެއެއް އެކީ މިގެތައް ތަޅާލާ ސުންނާފަތިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
މި އަވަށު ކައުންސިލްގެ ވެރިޔާ އަޙުމަދު އަބޫ ޣަނޭމް އާއި ހަވާލާދީ ވަފާ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާގޮތުގައި އިސްރާއީލްގެ ސިފައިން ވަނީ މި އަވަށަށް ވަދެ ބުލްޑޯޒަރަކުން ހަތަރު ގެ އެއް ތަޅާލާފައެވެ. އަދި މި ލާއިންސާނީ އަމަލުގެ ސަބަބުން މި ގެތަކުގައި ދިރިއުޅެމުންދާ އާއިލާތަކުގެ ގެދޮރު ނެތި މަގުމަތިވެފައެވެ.
ފާއިތުވި އަހަރުތަކުގައި އިސްރާއިލުން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ޤުދުސްގައި އިމާރާތް ކުރުމުގެ ހުއްދަނެތް ކަމަށް ބުނެ އެތައް ސަތޭކަ ގެއެއް ތަޅާލާ އެތަކެއް އާއިލާތަކެއްގެ ގެދޮރު ނަގާލާފައިވެއެވެ.
ގެދޮރު އިމާރާތް ކުރުމުގެ ހުއްދައަކީ ވަރަށް މަދުން ނޫނީ ދޫ ނުކުރާ އެއްޗަކަށް ވާއިރު، ފަލަސްތީނުގެ ރައްޔިތުން ދިރިއުޅުމަށް ހުއްދަނެތި ގެދޮރު އިމާރާތް ކުރުމާއި އިމާރާތައް ބަދަލު ގެނަމަށް މަޖުބޫރު ވަނީ އާއިލާތައް ބޮޑުވެ ދިރިއުޅުމަށް އަންނަ ބަދަލު ތަކާ ގުޅިގެންނެވެ. މިގޮތަށް ބިނާ ކުރެވޭ ގެތައް ތަޅާލުމަށް އަމުރުކޮށް ގޭގެ ވެރިންނަށް ނޯޓިސް ފޮނުވައެވެ. އަދި ގޭގެ ވެރިފަރާތައް މިކަން ނުވާނަމަ އިސްރާއިލުގެ ސިފައިނަށް ފައިސާދީގެން އެކަން ކުރުވުމަށް ގޭގެ ވެރިންނަށް އިސްރާއިލުން އަންގައި މަޖުބޫރު ކުރުވައެވެ.
ފަލަސްތީނުގެ ރައްޔިތުންނާމެދު މިފަދަ ލާއިންސާނީ އަމަލުތައް ކުރިއަށް ދާއިރު، އިސްރާއީލުގެ ހަ ލައްކައަށްވުރެ ގިނަ މީހުން އާބާދުވެ، ދިރި އުޅެމުންދަނީ އިސްރާއީލުން ނުހައްޤުން ހިފާފައިވާ އިރުމަތީ ޤުދުސް އަދި ހުޅަނގު އައްސޭރީގައެވެ.
ޔަހޫދީން ފަލަސްތީނުގައި ކޮށްފައިވާ އިމާރާތްތަކާއި ވެރިވެގެންފައިވާ ވެރިވެގަތުމަކީ ބައިނަލްއަޤުވާމީ ޤާނޫނު ތަކާއި ހިލާފަށް ކޮށްފައިވާ އަމަލު ތަކެއްކަމަށާއި އެ ޤާނޫނުތަކުގެ ދަށުން އެއީ ހަނގުރާމައިގެ ބޮޑެތި ޖަރީމާގެ ގޮތުގައި ގިނަ ބަޔަކު ދަނީ ގިންތި ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!