ހުއްދަ ނެތި ފުލުހުންގެ ކަސްޓޯޑިއަލް ޖަލަކަށް ވަން މީހަކު ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ސ. މަރަދޫ ކުންނާރުގޭ، ހާފިޒު މުހައްމަދު ދީދީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން މިއަދު ހުކުމްކުރީ މިދިޔަ އަހަރުގެ ކުރީކޮޅު ސ. ހިތަދޫ ޕޮލިސް ސްޓޭޝަންގައި ހުންނަ ކަސްޓޯޑިއަލް ޖަލު ސަރަހައްދަށް ހުއްދަ ނެތި ވަނުމުންނެވެ. އެތަނަކީ ކުށުގެ ތުހުމަތުގައިވާ މީހުން ތަހުގީގަށް ބަންދުކުރާ ޖަލެކެވެ.
ކްރިމިނަލް ކޯޓުގައި އޭނާ ކުށަށް އިއުތިރާފްވި އެވެ. އެ ކުށުގެ އަސްލު އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމެވެ.
އޭނާގެ އަދަބު ލުއިވީ އެކަމާ ގުޅިގެން އޭނާގެ މައްޗަށް އެހެން ކުށެއް ސ. ހިތަދޫ ކޯޓުގައި ކުރިން ސާބިތުވެފައިވާތީ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.
ހިތަދޫ ކޯޓުގައި އޭނާގެ މައްޗަށް ސާބިތުވީ މީހުން ބަންދުކުރާ ތަނަކަށް މަނާ އެއްޗެއް ވެއްދުމުގެ ދައުވާ އެވެ.
އޭގެކުރިން ވައްކަމުގެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ސާބިތުވެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!