ށ. ނޫމަރާގައި ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މަންމަ 17 އަހަރަށް ޖަލަށްލައި, އަދި އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔައެއް ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފުނަދޫ ދިނަށަ، އައިމިނަތު ޝާހިދާ އޭނާގެ ދަރިފުޅަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ އެ ކުއްޖާ ނިދާފައި އޮއްވަ އެވެ. މަރާލި ސަބަބެއް ފުލުހުންނަކަށް ވެސް ނޭނގުނެވެ. އޭރު އޭނާ ދިޔައީ ނަފްސާނީ ކަންކަމަށް ފަރުވާ ހޯދަމުންނެވެ. އެއީ މުޅި ރާއްޖެ އާއި ފުނަދޫ ވެސް ސިއްސުވާލި ހާދިސާ އެވެ.

Ad
mooomoo 1

ޝާހިދާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ މަހު ނިންމުމަށްފަހު އޭނާ 17 އަހަރަށް ޖަލަށްލައި, މަރުގެދިޔަ ދައްކަން ހުުކުމްކުރީ މިިދިޔަ ބުދަ ދުވަހު އެވެ. ހުކުމްކުރީ ސިއްރު މަޖިލީހެއްގަ އެވެ.

ކުއްޖާގެ ވާރިސުންގެ ބަސް ހޯދިއިރު ބައެއް މީހުން މަރުގެ ދިޔައަށް އެދުނުއިރު ދެން ތިބި މީހުން މަރުގެދިޔަ އަދި މަރަށްމަރު ވެސް ބޭނުމެެއް ނުވި އެވެ.

Ad
df

ދަރިން މަރައިގެން މައިންބަފައިންގެ މައްޗަށް ގިސާސް ނުހިފޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި އޮވެއެވެ