ގއ. ކަނޑުުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

2020 ވަނަ އަހަރު ފެންމަތިވި އެ މައްސަލާގައި ކާފަ އިބްރާހިމް ދީދީ އާއި މުނިކާފަ ހަސަން މޫސާ ދީދީ 25 އަހަރަށް ޖަލަށްލީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތަކަށްފަހު އެވެ.

Ad
rt

އެ ހުކުމުގެ މާ ބޮޑު ތަފްސީލެއް ކޯޓުން ހާމަ ނުކުރިޔަސް، އެ މީހުން ޖަލަށްލާން ހުކުމް ކުރިކަން ކޯޓުން ކަށަވަރުކޮށްދެ އެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގައި 25 އަހަރުގެ ޖަލު ހުކުމަކީ ދެވޭ އެންމެ ބޮޑު އަދަބެވެ

އެ ދެ މީހުން ޖަލަށްލިޔަސް، އެ މީހުން ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އެ މީހުން ދެން ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތެކެވެ.