ށ. ނޫމަރާގައި ދަރިފުޅު މަރާލި މަންމަގެ މައްޗަށް އަދަބު ކަނޑައެޅުން ކްރިމިނަލް ކޯޓުން ފަސްކޮށްފި އެވެ.

ފެބްރުއަރީ، 2016 ގައި ހަތަރު އަހަރުގެ އަންހެން ދަރިފުޅު ނިދާފައި އޮއްވާ ވަޅިން ހަމަލާދީ އެ ކުއްޖާ މަރާލި ކަމަށް ބުނެ ށ. ފުނަދޫ ދިނަށް، އައިމިނަތު ޝާހިދާގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.

Ad
rt

ޝާހިދާގެ މައްޗަށް އަދަބު ކަނޑައެޅުން މިއަދު ބާއްވަން ހަމަޖެއްސުމަށްފަހު އަންނަ ބުދަ ދުވަހަށް މިހާރު ވަނީ ފަސްކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ބުނީ އަދަބު ކަނޑައެޅުން ފަސްކުރީ އިތުރު މީހެއްގެ ހެކިބަސް ނެގުމަށް ކަމަށެވެ.

ޝާހިދާގެ މައްޗަށް ކުށް ސާބިތުވިޔަސް، އޭނާގެ ކިބައިން މަރަށް މަރު ނުވަތަ މަރުގެ ދިޔަ ވެސް ބޭނުންނުވާ ކަމަށް ވާރިސުން ވަނީ ބުނެފަ އެވެ. ޝާހިދާގެ މައްޗަށް އަންނާނެ ކަމަށް ބެލެވެނީ ޖަލު ހުކުމެކެވެ.