ކުރީގެ ރައީސް އަބްދު ﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރާ ދައުވާތަކުގެ މައްސަލަ ބައްލަވާ ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރިޝްވަތު ގަބޫލުކޮށް އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު މެންދުރު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖެއްސި އެވެ. ޝަރީއަތް ބާއްވަން ހަމަޖެއްސީ ވެސް ލައިވްކުރާ ގޮތަށެވެ.
ކްރިމިނަލް ކޯޓުން ބުނީ އަޑުއެހުން ކެންސަލްކުރީ އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ.
ރ. ފުއްގިރި މައްސަލާގައި ޔާމީނަށް ކުރާ ދައުވާތައް ވެސް ބައްލަވަނީ އިސްގާޒީ ޝަކީލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!