ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ
ފުވައްމުލަކުގައި ޑައިވިނަށް ފޭބި ފަތުރުވެރިއަކު ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް ނަގައިގެން، އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 17 ސެޕްޓެމްބަރު 2026 ވީ ދުވަހުގެ ހެނދުނު 9:18 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ކަޒަކިސްތާނަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ. މި މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް...