އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކޮންގްރެސްގެ ހުއްދައެއް ނެތި އީރާނާ ދެކޮޅަށް ކުރިއަށް ގެންދަވާ އަސްކަރީ ހަރަކާތްތައް ހުއްޓުވައި އީރާން ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރިޕްރެޒެންޓެޓިވްސްއިން ތިންވަނަ ފަހަރަށް ފާސްކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ނެގި މި ވޯޓުގައި، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ވެސް ވަނީ އިދިކޮޅު ޑިމޮކްރެޓުންނާއެކު ހަނގުރާމަ ހުއްޓާލުމަށް ތާއީދުކުރައްވައި ވޯޓު ދެއްވާފައެވެ.

Ad
d

ޖުމްލަ 220 ވޯޓު 204 ވޯޓުން ފާސްކުރި މި ގަރާރަކީ، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގެ ކުރިން އީރާން ހަނގުރާމައާ ގުޅޭގޮތުން ތިރިގޭގައި ނެގޭނެ އެންމެ ފަހު ވޯޓު ކަމަށް ބެލެވެއެވެ. ކޮންގްރެސްގެ މެޖޯރިޓީ ކަނޑައެޅޭ މި އިންތިޚާބަށް 50 ދުވަހަށްވުރެ ކުރު މުއްދަތެއް އޮތުމާއެކު، މެންބަރުން މި ހަފުތާ ނިމުމުން ކެމްޕޭނަށް ދާއިރާތަކަށް ވަޑައިގަތުމަށް ދަނީ ތައްޔާރުވަމުންނެވެ. ފެބްރުއަރީ 28 ގައި ޓްރަމްޕް ފެއްޓެވި މި ހަނގުރާމައަށް ހަތް މަސް ވާން ކައިރިވެފައިވާއިރު، ނުރައްކާތެރި މިސައިލް ހަމަލާތަކާއެކު މުޅި ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ގަރާރު ހުށަހެޅުއްވުމުގައި އިސްކޮށް އުޅުއްވި، އިރާގު ހަނގުރާމައިގައި މެރިންއެއްގެ ގޮތުގައި ޚިދުމަތް ކުރެއްވި ޑިމޮކްރެޓިކް މެންބަރު ސެތު މޯލްޓަން ވިދާޅުވީ، ހަނގުރާމަވެރި އިދާރާއަކަށް ތަބާވުމުގެ ބަދަލުގައި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކޮންގްރެސްއިން އުނދަގޫ ސުވާލުތައް ކުރަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ. އަދި މި ހަނގުރާމަ ހިނގާނީ އެންމެ މަދު ހަފުތާތަކަކަށް ކަމަށް ޓްރަމްޕް ވިދާޅުވި ހަނދާން އެބަހުރިތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.

ގަރާރަށް ތާއީދު ކުރެއްވި ރިޕަބްލިކަން މެންބަރު ޒެކް ނަން ވިދާޅުވީ، ވާހަކަ ދައްކައިގެން ހައްލު ހޯދުމުގެ ފުރުސަތު ބަންދުވެފައިވާތީ، ކުރިއަށް ހުރި ހަނގުރާމައިގެ އޮޕަރޭޝަންތަކަށް ކޮންގްރެސްގެ ހުއްދަ ބޭނުންވާނެ ކަމަށާއި، ނިމުމެއް ނެތް އެހެން ހަނގުރާމައަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.

Ad
df

ނަމަވެސް ހައުސް ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރު، ރިޕަބްލިކަން މެންބަރު ބްރަޔަން މާސްޓް ވަނީ، އީރާނުގެ ނުރައްކާ އޮތް ސަރަހައްދުން ޑިމޮކްރެޓުން މަދުކުރަން ބޭނުންވަނީ ކޮން އަސްކަރީ ވަސީލަތްތަކެއްތޯ ސުވާލު ކުރައްވާފައެވެ. މާސްޓް ވިދާޅުވީ، ޓްރަމްޕަކީ ނިމުމެއް ނެތް ހަނގުރާމަތަކާ ދެކޮޅު ބޭފުޅެއް ކަމަށާއި، ރައީސް ނިމުމަކަށް އެ ގެންނަވަނީ އީރާނުން ދިހަވަރަކަށް އަހަރު ވަންދެން ހިންގި ދުޝްމަންކަން ކަމަށެވެ. އަދި އީރާނަކީ އެމެރިކާއަށް އޮތް ދެމިއޮތް ނުރައްކަލެއް ކަމަށެވެ.